ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ހުތުބާގައި ގޮވައިލައިފި

Islam dheen - Religion

ކީރިތި ރަސޫލާ ގެނެސްދެއްވި ފޮތާއި ގޮތުގައި ވަރުގަދައަށް ހިފެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފިއެވެ.

ކީރިތި ރަސޫލާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ރަބީއުލް އައްވަލުގެ މައްސަރުގެ މައްޗަށް އަލިއަޅުވައްވާފައިވާ ހުތުބާގައި ވަނީ އެކަލޭގެފާނުގެ ސުންނަތުގައި ވަރުގަދައަށް ހިފަހައްޓައި، ހުރިހައި ޢަމަލުތަކެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއަކަށް ބެލުމަށް ވެސް ގޮވައިލާފައެވެ.

މީގެ އިތުރުން ރަބީއުލް އައްވަލު މަހަކީ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށާއި މި މަހަކީ އާލަމްތަތަކަށް ރަހުމަތެއް ކަމުގައި ލެއްވެވި ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގެންނެވި މައްސަރުކަން ވަނީ ހަނދާން ކޮށްދީފައެވެ. އަދި ނަބީކަމާއި ރަސޫލަުކަން ހަތިމް ކުރެއްވުމަށް ފޮނުއްވުނު މާތް ސާހިބާ މުހައްމަދު ގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ ޝަރަފު މި ދުނިޔެއަށް ލިބިވަޑައިގަތުމުގެ މައްސަރުކަން ވަނީ ފާހަގަ ކޮށްފައެވެ.

ހުކުރު ހުތުބާގައި ވަނީ ކީރިތި ރަސޫލާ ދުނިޔެއަށް ވަޑައިގަތުމުގެ ފަހުރާއި ޝަރަފު ދުނިޔެއަށް ލިބިވަޑައިގަތުމުގެ ދުނިޔެއަށް ލިބުނު އިރު، ދުނިޔޭގެ ހާލަތު އޮތް ގޮތަށް ވެސް އަލިއަޅުވާލައްވައިފައެވެ. އެގޮތުން އިންސާނިއްޔަތު އެ ދުވަސްވަރުހާ ދަށު ދަރައަކަށް ވެއްޓިފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

"އެދުވަސްވަރު ފޮތުގެ އަހުލުވެރީންގެ ގޮތުގައި ތިބީ ޔަހޫދީންނާ ނަސާރާއިން. އެދެބައި މީހުން ވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރަމުން. މިފަދަ ހާލަތެއްގައި ދުނިޔެވަނިކޮށް ރަސޫލާ މުހައްމަދުގެފާނު ޔަތީމު ހާލުކޮޅުގަ ދުނިޔެއަށް އުފަންވެ ވަޑައިގަތް ދުވަހުން ފެށިގެން އެކަލޭގެފާނަށް ތަރުބިއްޔަތު ލިބިވަޑައިގަތީ ސީދާ އިލާހީ އިނާޔަތްތެރި ކަމުގެ ދަށުގަ." ހުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ހުތުބާގައި އިތުރަށް ވަނީ އެފަދަ ނިކަމެތި ހާލަތަކަށް ދުނިޔެ ވެއްޓިފައި ވަނިކޮށް އިންސާނިއްޔަތަަށް ތެދު މަގު ދެއްކުމަށާއި ދުނިޔެ އިސްލާހު ކުރުމަށް ކީރިތި ރަސޫލާ ފޮނުއްވިކަން ވެސް ފާހަގަ ކޮށްފައެވެ.

ހުތުބާގައި ބުނީ ކީރިތި ރަސޫލާ ގެނެސްދެއްވި ރިސާލަތަކާއެކު ދުނިޔެ ދެކެން ފެށީ މުޅިން އައި ދައުރެއް ކަމަށާއި ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެއަށް ނޫރުގެ އަލިކަން ލިބިގެން ދިޔަ ކަމަށެވެ. އަދި އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާންމުވެ، ސުލްހަ މަސަލަސްކަން އާންމުވެގެން ދިޔަ ކަމަށް ވެސް ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *