އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް، ހދ. އަތޮޅު ކައުންސިލް ރައީސް، މުޙައްމަދު ސިރާޖު އިދިކޮޅު ކޯލިޝަންގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ.

ޝިޔާންޓޭ ޕީޕީއެމަށް ސޮއިކޮށް ފޯމު ހަވާލު ކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ރޭ ހދ އަތޮޅުގެ ވެރިރަށް ކުޅުދުއްފުށި ސިޓީގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މި ފޯމާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހަވާލުވެލެއްވީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުޢިއްޒާއި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އެވެ.

Ad
rt

17 މާރިޗް 2021 ގައި އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މުޙައްމަދު ސިރާޖު، ހދ. އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓެއްގައި ވާދަ ކުރައްވައެވެ.

ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެނޑިޓޭޑް ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 25 ޒުވާނަކުވެސް ވަނީ އަލަށް ޕީޕީއެމްއާއި ގުޅިފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުޙައްމަދު ސިރާޖު ތާއީދުކޮށް ކެމްޕޭން ކުރައްވާފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް އަށެވެ.