މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ފައިނޭންސް ކޮށްގެން އިންޖީނު ގަންނަ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް އެމްއައިބީ އާއި އެމްޓީސީސީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސީއީއޯ އާދަމް އާޒިމް ސޮއި ކުރެއްވި އިރު އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދުރީސް ޚުމްރީއެވެ.

Ad
rt

މި ޕްރޮމޯޝަނުގައި ޔަންމާ އިންބޯޑު އިންޖީނު 35 ހޯސްޕަވަރުން 1400 ހޯސްޕަވަރާއި ދެމެދުގެ އިންޖީނުތަކަށް ފަސް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި 2.5 ހޯސްޕަރުން 325 ހޯސްޕަވަރާ ދެމެދުގެ ސުޒުކީ އައުޓްބޯޑު އިންޖީނަކަށް އަށް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

އެމްއައިބީ މެދުވެރިކޮށް ފައިނޭންސްކޮށް ގަންނަ މުދަލަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ދެއްކޭއެވެ. އެ ބޭންކުގެ ފައިނޭންސިން ފެސިލިޓީތަކަށް އޮންލައިންކޮށް ހުށަހެޅޭނެއެވެ.