ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކުމުންދޫ ކައުންސިލުން ނިންމާފައި ވަނީ މި މުބާރާތް ދެ ޑިވިޝަނަކަށް ކުރިއަށް ގެންދާށެވެ. އެއީ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަނެވެ. މުބާރާތުގެ އަންހެން ޑިވިޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދުވެގެން ތިން ޓީމް ބައިވެރިވާނަމައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 26 ވަނަ ދުވަހުގެ 13:00 ގެ ކުރި ހުށަހެޅުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ ދެ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 14000 (ސާދަހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް 7000 (ހަތްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!