ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިންގެ ތާއީދު އޮތީ ޕިއެންސީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ކަން ހާމަކުރައްވައިފިއެވެ.

އޭނާ ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުއަށާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް (ސެންބެ) އަށް ތާއީދުކުރަން ނިންމެވީ ގާނޫނީ ވެރިކަން ނަގަހައްޓާނެތީ ކަމަށެވެ އަދި ޒުވާނުންނާއި ދިވެހި ރައްޔިތުންނަށް ފަހި ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެތީ ކަމަށެވެ.

Ad
rt

މީގެ އިތުރުން އިގްތިސާދީ، އިޖްތިމާއީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށް ވެސް މުހުތާޒު ވަނީ ވިދާޅުވެފައެވެ.

ހަމަމިއާއެކި ސިޔާސަތުތައް ތަންފީޒްު ރުމުގައި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލްތަކަށް ރިޔާއަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވާފައިވާތީ، އެއީ ވެސް މުހުތާޒުގެ ތާއީދު، މުއިއްޒު އަށް ދެއްވި ސަބަބަެއް ކަމަށް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން މުޢިއްޒު ހޯއްދެވި ކާމިޔާބީއާއެކު ގިނަ ބަޔަކު އަންނަނީ އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވަމުންނެވެ.

އޭގެތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މިސަރުކާރުގެ ސިޔާސަތުތަަކަށް ކުރިން ތާއީދުކުރެއްވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.