ހއ. ކެލާ ޝައިޚް އިބްރާހީމް ސްކޫލުގެ 03 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ހަވާކުކޮށްފައިވަނީ ވޭވްލެންތް ޕަރައިވެޓް ލިމިޓެޑާއެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓާ ނައުޝާދު އިބްރާހީމް އެވެ. ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓާ އިސްމާއިލް ޖަލީލް އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ވިދާޅުވީ މިއީ ޕީއެސްއައިޕީ 2022 ގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެއް ކަމަށާއި އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 17,455,165.47ރ އަށް ކަމަށެވެ.

މި މަސައްކަތަކީ 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.