ހދ. މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ އާލާތް އެރަށަށް ގެންގޮސްފިއެވެ.
އެރަށު ކައުންސިލުގެ ފޭސްބުކް ޕޭޖުގައި އެކަން ހާމަކުރައްވައި، ވިދާޅުވެފައިވަނީ މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ ޑްރެޖާރ އަދި އެހެނިހެން އާލަތްތައް މިހާރުވަނީ މަކުނުދޫ އަށް ގެނެސްފައި ކަމަށެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ބިގްފިޝްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހުމަދެވެ.
މި މަޝްރޫއު ބިގްފިޝް އާ ހަވާލުކޮށްފައިވަނީ ޖުމުލަ 16 މިލިއަން ޑޮލަރު (245 މިލިއަން ދިވެހި ރުފިޔާ) އަށެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 366 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!