ރާއްްޖެ ތަރައްްގީ ކުރަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ކުރެވޭނެ ގާބިލްކަން އެބަ ހުރި ކަމަށް "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ ރިޔާސީ ކެންޑިޑެންސީ ކާމިޔާބު ކުރެއްވުމަށް ފަހު، މާލެއިން ބޭރުގައި ފުރަތަމަ ބޭއްވި ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން އިލްޔާސް ވިދާޅުވީ އެކަންކަމަށް ބޭނުންވާ ފައިސާ ހޯދަން ވެސް އެނގޭ ކަމަށާއި ވިޔަފާރީގެ ދާއިރާގައި ގިނައިން ޒުވާނުންކަބް ފާހަގަކުރައްވާ ވިދާޅުވީ ޒަމާނީ ވިޔަފާރީގެ ވައްޓަފާޅި އެނގޭނީ ޒަމާނީ އަދި ޒުވާނުންނާއި އެކީ މަސައްކަތް ކުރާ ލީޑަރުންނަށް ކަމަށެވެ.

Ad
rt

އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ ވިދާޅުވީ ޖުލައި 29 ވަނަ ދުވަހު ހެނދުނު މާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގައި ޕްރޮގްރާމްތައް ކުރިއަށްދާނެ ގޮތް ހާމަކޮށްދެއްވަމުން ވިދާޅުވީ މާދަމާ މަރަދޫ ފޭދޫ އަދި މަރަދޫ، މީދޫ އާއި ހުޅުދޫ އާއި ހިތަދޫގައި ވެސް ބައްދަލުވުންތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ ހެނދުނު ހިތަދޫގައި ދޮރުން ދޮރަށް ކުރިއަށް ގެންދާއިރު، ފޭދޫގައިވެސް އެ ހަރަކާތް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިލްޔާސްގެ އަރިހުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވެސް އައްޑޫ ސިޓީ އަށް ވަނީ ވަޑައިގެންފައެވެ.