ނޫނު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަންހެން ފުޓްސަލް މުބާރާތް މިމަހު 26 ގައި ފަށަން ނިންމައިފިއެވެ.

ޗެސްޓަރ އިން އިންތިޒާމް ކުރާ ވިމެންސް ފުޓްސެލް 2023 ގުރުއަތުލުމުގެ ރަސްމިއްޔާތު ވަނީ ނ. މަނަދޫ އަސްވާރުގައި ވަނީ ބާއްވާފައެވެ.

Ad
rt

މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ މި މުބާރާތް ބޭއްވިގެންދަނީ މުޅި ނޫނު އަތޮޅަށް ހުޅުވާލައިގެނެވެ. ކޮންމެ އަހަރެއްގެ މުބާރާތްވެސް ބާއްވެމުން އަންނަނީ އިޖްތިމާއީ ކޮންމެވެސް މައްސަލައަކާ ގުޅުވައިލައިގެން ހާއްސަ ޝިޔާރެއްގެ ދަށުންނެވެ، މިއަހަރަށް ހާއްސަކޮށްލެވިފައިވާ ޝިޔާރަކީ “އަވަރ އެންވައިރަމެންޓް އަވަރ ފިއުޗަރ“ އެވެ.

މި މުބާރާތުގައި މި އަހަރު 9 ޓީމް ބައިވެރިވެފައިވާކަމަށް ޗެސްޓަރއިން މައުލޫމާތު ދެއްވައެވެ. މީގެ ތެރޭގައި މަނަދޫއަށް ނިސްބަތްވާ 6 ޓީމް އާއި މިލަދޫ އޮބިއަންސް އާއި މާފަރު ޗެލެންޖާސްގެ އިތުރުން އެ އަތޮޅު ރިސޯޓެއްކަމުގައިވާ ސިޔާމް ވޯލްޑްގެ ޓީމެއްވެސް ބައިވެރިވެއެވެ.

މުބާރާތް ހުޅުވައިމެޗުގައި ބައްދަލުކުރާނީ ވައިނޮޓް އަދި އޮބިއަންސް އެވެ. މި މުބާރާތުގެ މަޤުސަދަކީ ނޫނު އަތޮޅުގެ އަންހެން ކަނބަލުންގެ މެދުގައި ފުޓްސަލްއަށް ލޯބި އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމާއި ރާއްޖޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިންތަކެއް އުފެއްދުމުގެ އިތުރުން އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުމެވެ.

މި މުބާތުގައި ރާއްޖޭގެ އަންހެން ޤައުމީ ޓީމްގެ ކުޅުންތެރިން ކުޅޭކަން އެއީ މި މުބާރާތުގެ ފޯރި ގަދަވެ ވާދަވެރިކަން އިތުރަށް ގަދަވެގެންދާ ކަމެކެވެ.