•  
  •  
  •  
  •  
  •  
  •  

ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް ފަށައިފިއެވެ. އެންމަސް އެމްވީ އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ ބައިވެރިވަމުންނެވެ.

އެގޮތުން ބޯލް ޝޫޓިން، ފޭސް ޕެއިންޓިން ،ބޯލް ޝޫޓިން ،މަސްބޭނުން ފަދަ ގޭމްތައް ވަރަށް ފޯރިއާއި އެކު ކުރިއަށް ދާ ކަމަށް އިންތިޒާމް ކުރާފަރާތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ތިލަދުން އާއި ވާހަކަ ދައްކަމުން ކުޑަކުދިންގެ ހަވީރު އިންތިޒާމް ކުރާ އެންމަސް އެމްވީގެ ފަރާތުން ބުނެފައިވަނީ މި ހަވީރުގައި ބައިވެރިވެ އިނާމްލިބޭ ގިނަ ހަރަކާތް ތަކެއް މިހާރު ކުރިއަށް ދާ ކަމަށާއި އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހަދިޔާ ކުރައްވާފައިވާ 40 ދޮއްޓާއި ރީލު ލަކީޑްރޯގައި ބައިވެރިވެ ގުރުއަތުން ނެގޭ 40 ކުދިންނަށް ލިބިގެން ދާނެކަމަށެވެ.

ނެއްލައިދޫގައި މަސްވެރިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން އަންނަ އިރު އެންމަސް ވީ ގެ ފަރާތުން ނެއްލައިދޫގައި ބާއްވަން ހަމަޖެހިފައިވާ އެންމަސް އެމްވީ އަލްމަރުހޫމް އަބްދުއް ޞަމަދު ހަނދާނީ މަސްރޭސް ވެސް ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ.

މަސްރޭހުގެ ވަނަ ވަނަ އަށް އަންނަ ފަރާތްތަކަށް ވެސް ފައިސާގެ އިނާމާއި ޓްރޮފީގެ އިތުރުން މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމަސް އެމްވީ އަކީ މަސްވެރިކަމުގެ އާލާތްތައް ރާއްޖެ އެރެތެކޮށް އޮންލައިން ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ފަރާތެކެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ