ޕަވަރ ޖެނެރޭޝަންގެ ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑައިގެން ނުދޭ: ޝަރީފް

Ahmed Shareef

ވޭތުވެދިޔަ އަހަރެއްހައި ދުވަހު ކެޕޭސިޓީ ނެތިގެން ނުވަތަ އޯވާލޯޑު ވެގެން ކަރަންޓު ކަނޑައިލާފައި ނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ޝަރީފް ވިދާޅުވީ މިހާރު ކަރަންޓު ކެނޑި، ޚިދުމަތް ކެނޑޭ މައިގަނޑު ސަބަބަކީ މަގު ހެދުމުގެ މަސައްކަތުގައި ނުވަތަ އެނޫން ވެސް ކޮންމެވެސް މަސައްކަތެއްގެ ސަބަބުން ނެޓްވޯކަށް ނުވަތަ ކޭބަލަށް ގެއްލުން ލިބުމުން ކަމަށެވެ.

އެގޮތުން ދާދިފަހުން ހުޅުމާލޭ 2ވަނަ ފިޔަވަހީގެ ހުރިހައި ޓަވަރަކުން ވެސް ކަރަންޓި ކެނޑެން މެދުވެރިވީ ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކުންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެފަދަ ކަންކަން ވީހާވެސް އަވަހަށް ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ކުރިމަގުގައި ޕަވާ ޖެނެރޭޝަންގެ އިޝޫއެއް ނާންނާނެ ކަމަށާއި އަދި ހުޅުމާލޭގެ އާބާދީ އަށް އަންނަ ބަދަލާއި ގުޅިގެން ވެސް ކޭޓާ ކުރެވޭނެ ކެޕޭސިޓީ ވެސް އެބަހުރި ކަމަށެވެ.

ހުޅުމާލޭ ބައު އިންޖީނުގޭގައި ގާއިމްކޮށްފައިވާ ގްރޭޓާ މާލޭގެ އެމަރޖެންސީ ބެކަޕް ޕަވަރޕްލާންޓުގެ ކެޕޭސިޓީއަކީ 20.2 މެގަވޮޓް އެވެ.

މިއީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ސީދާ ބެއްލެވުމުގެ ދަށުން އެ ކުންފުނީގެ އަތޮޅުތެރޭގައި އަދި ގްރޭޓާ މާލޭގެ އިންޖީނުގެތަކުގެ ތިބި، މި މަސައްކަތައް އެންމެ ގާބިލް މުވައްޒަފުން ހިމަނައިގެން އެކުލަވާލި ޓީމަކުން ކޮށްފައިވާ ބުރަ އަދި އަވަސް މަސައްކަތެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މިއީ ސްޓެލްކޯގެ ތާރީހުގައި ވެސް މިހާ ކުރުމުއްދަތެއްގެ ތެރޭގައި މިހާ ގިނަ އިންޖީނުތަކެއް އެއްފަހަރާ ކަމިޝަންކޮށް ނިންމާލެވުނު ފަހަރުކަން ފާހަގަކަން އެ ކުންފުނިން ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި