ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން މިޑިސެމްބަރ 10 ގައި ފެށުމަށް ހަމަޖެހިފައިވާ، އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

މިގޮތުން މިމުބާރާތުގައި ބައިވެރިވި ހަޓީމުގެ މެދުގައި ގުރުއަތުލުން 06 ޑިސެމްބަރު 2019 ވީ ހުކުރު ދުވަހުގެ ރޭ 21:00 ގައި ވަނީ ހަނިމާދޫ ޔޫތު ކެފޭގައި ބާއްވާފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަޓީމަކީ ޔުނީފޯމް، ރިއަލްސްޓާރސް، ރޫހު، ޝީލްޑު، އަހުލީ އަދި ޔޫތު ފުރެންޑްސްއެވެ.

Ad
rt

މިމުބާރާތުގެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ރައީސް ޙުސައިން ވަޙީދު ތިލަދުންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، 10 ޑިސެމްބަރގައި މުބާރާތް ފެށުމުގެ ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ހުސައިން އިތުރަށް ވިދާޅުވީ، މިމުބާރާތް ކާމިޔާބު މުބާރާތެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ކުރެވެން ހުރި ހުރިހުރިހާ މަސައްކަތެއް ކުރައްވަމުން އަންނަކަމަށެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ގެ މެއިން ސްޕޮންސަރއަކީ ހެޕީމާކެޓެވެ.

މި މުބާރާތަކީ ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މުބާރާތެކެވެ.

ހަނިމާދު ޒުވާނުންގެ ޖަމްޢިއްޔާއަކީ އުތުރުން ފާހަގަކޮށްލެވޭ ޚިދުމަތްތެރި ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާއިން ހޯދާފައިވާ ކުޅިވަރާއި، އިޖުތިމާއީ ކާމިޔާބީތަށް ވަރަށްގިނައެވެ. އެޖަމްއިއްޔާގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރި މަސައްކަތްތައްކޮށްދިނުމުގެ ރޮނގުން ދިވެހި ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 2016 ވަނަ އަހަރު މިޖަމްޢިއްޔާއަށްވަނީ ލިބިފައެވެ.