ޗުއްޓީއާ ދިމާކޮށް ސައުތު އެފްރިކަން އެއާލައިންސްގެ ތިންވަނަ ފޭސްގެ ދަތުރުތަށް ގަމަށް ފަށައިފިއެވެ.
ގަން އިންޓަނޭޝަނަނަލް އެއާޕޯޓަށް އަލުން ފަށަން ހަމަޖެހިފައިވާ ސައުތު އެފްރިކަން އެއާރލައިންސް ދަތުރު ތަކުގައި ޖެނުއަރީ މަހުގެ ނިޔަލަށް ޖުމްލަ 6 ދަތުރު ބާއްވަން ވަނީ ހަމަ ޖެހިފައެވެ. އެއީ ކޮންމެ ހަފްތާގެ އާދީއްތަ ދުވަހު 1 ދަތުރެވެ.
މިގޮތަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ޗުއްޓީ އާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިން ގެ އަދަދު ނިސްބަތުން އިތުރު ވެގެންދާނެތީ ކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ހިއްސާ ކުރަމުން ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާއި ޙަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ރިމްނާ ޙަސަން ވަނީ ވިދާޅުވެފައެވެ.
މިއީ ރަސްމީކޮށް ސައުތު އެފްރިކަން އެއާލައިންސް އިން އައްޑުއަށް ޗާޓާރ ފްލައިޓުތަށް ފެށި ތިންވަނަ ބުރެވެ. މީގެ ކުރީން މިދިޔަ އަހަރު ޗުއްޓީގައި ގަމަށް ދަތުރު ފަށައި މިއަހަރު ސެޕްޓެމްބަރު ހިސާބުގައިވެސް މިފަދަ ދަތުރު ތަކެއް ބާއްވާފައި ވެއެވެ.
ސައުތު އެފްރިކަން އެއާލައިންސްގެ ސީޒަނަލް ދަތުރުތަކުގެ އިތުރުން ސްރީލަންކަން އެއާލައިންސް ވެސް ގަމަށް ދަތުރުތައް ކުރެއެވެ. އެގޮތުން ސްރީލަންކަން އެއާލައިންސްއިން ހަފްތާއަކު 3 ދުވަހު ޝެޑިއުލް ދަތުރުތައް ބާއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!