މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ދިން ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑް ކަމަށް، ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ވެލާއިން ވަނީ ނިމިގެންދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1,329.31 ޑޮލަރު (20,497.96 ރ) ވަނީ ދީފައެވެ. މިއީ ނިމިގެން ދިޔަ އޮކްޓޯބަރު މަހާ އަޅާބަލާއިރު 413.28 ޑޮލަރު (6372.78ރ) ގެ ކުރިއެރުމެކެވެ.

Ad
rt

މިދިޔަ އޮކްޓޯބަރު މަހުގެ ލިސްޓްގެ މަތިން ޖާގަހޯދި ރަންދަލި މިފަހަރު މިވަނީ ލިސްޓްގެ ދެވަނަ އަށް ވެއްޓިފައެވެ. އެހެން ނަމަވެސް އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނިމިގެން މިދިޔަ މަހު 49 ޑޮލަރު (755.58ރ) ގެ ކުރިއެރުމެއް މިވަނީ ލިބިފައެވެ.

ބޮލަކަށް 922.00 ޑޮލަރު (14,217.24ރ ) އާއި އެކު ތިންވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ރީތި ރަށުން ދިން އިރު މިއީ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ރީތިރަށް ރިސޯޓަށް ލިބުނު ކުރިއެރުމެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ސާވިސް ޗާޖުގެ އަދަދު ރެކޯޑްކޮށް ބަަލަހައްޓަމުން އަންނަ ވެބްސައިޓެއްކަމުގައިވާ މޯލްޑިވްސް ސާވިސް ޗާޖުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެވްރެޖްކޮށް ގިނަ ރިސޯޓެއްގައިވެސް މުވައްޒަފުންނަށް ދީފައިވާ ސާވިސް ޗާޖުގެ އަދަދު މިވަނީ އިތުރުވެފައެވެ.

އޮކްޓޯބަރު މަހު އެންމެ މަދުން ސާވިސް ޗާޖު ބެހި ރިސޯޓެއްގެ ގޮތުގައި170 ޑޮލަރާއި އެކު ސަންގިރިއްލާސް ވިލިނގިލި އޮތް އިރު ނޮވެމްބަރު މަހު 70 ޑޮލަރާއި އެކު ސާވިސް ޗާޖު ލިސްޓްގެ ފުލުގައި އޮތީ އީކްއޭޓަރ ވިލެޖް އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަކޮށް ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނަކަށް ރާއްޖެ ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން ދަނީ އިޝްތިހާރު ކުރަމުންކަން ފާހަގަކުރެވެއެވެ.