ށ. މިލަންދޫގައިި ''ރޫލްސް އޮފް ޖަނާޒާ 1'' ގެ ނަމުގައި ޖަނާޒާ ކޯހެއް ފަށައިފިއެވެ.
އެެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ކުރިއަށް ގެންދާ ޖި ކޯހާއި ބެހޭ މައުލޫމާތު 'ތިލަދުން' އަށް ދެއްވީ އެ ކަޮމެޓީގެ ރައީސާ އައިޝަތު ހަނިއްޔާއެވެ.
އޭނާ ވިދާޅުވީ މިއީ ދެ ހަފުތާގެ މުައްދަތަށް ކުރިއަށް ގެންދާ ކޯހެއް ކަމަށާއި މި ކޯސް ފެށީ މި މޭ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މި ކޯސް ކުރިއަށް ދަނީ 10 ބައިވެރިންނާއެކު ކަމަށެވެ.
ހަނިއްޔާ ވިދާޅުވީ ކޯހަށް ބައިވެރިން ހޯދީ އިއުލާން ކޮށްގެން ކަމަށާއި އެންމެފުރަތަމަ ނަން ނޯޓު ކުރާ ފަރާތްތަކަށް އިސްކަންދީގެން ފުރުސަތު ދޭ އުސޫލުން ކަމަށެވެ. އެގޮތުން މިފަހަރު 4 އަންހެނުންނާއި 6 ފިރިހެނުން ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިއުލާން ކުރީ ބޭނުން ފަރާތްތަކުން ބައިވެރިވާން. އެންމެފުރަތަމަ ނަން ނޯޓު ކުރާ 10 ފަރާތައް މިފަހަރު ޖާގަދިނީ." ހަނިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިބައިވެރިންގެ ކޯސް ފީ ދައްކާދީފަައިވަނީ އެ ކޮމެޓީން ކަމަށާއި އެގޮތުން ކޮންމެ ބައިވެރިއަކަށް 1750 ރުފިޔާ ދައްކާދީފައިވާ ކަމަށް ވިދާޅުވިއެވެ.
ގާތްގަޑަކަށް 3000 މީހުންގެ އާބާދީއެއް އޮޮންނަ މިލަންދޫ ޑަބްލިއުޑީސީގެ ރައީސާ ވިދާޅުވީ މި ކޯސް ނިންމާ ފަރާތްތަކަށް އަމަލީގޮތުން ޖަނާޒާގެ ކަންކަން ކުރުމަށް ފުރުސަތު ހޯދައިދިނުމަށް ކައުންސިލާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި މަޝްވަރާ ވަރަށް ކާމިޔާބުކަން ފާހަގަކުރައްވައި، ހަނިއްޔާ ވިދާޅުވީ އެ ރަށުގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަމުގައި މި ކޯސް ފުރިހަމަކުރާ ފަރާތްތައް ބައިވެރިކުރުމަށް ކައުންސިލުން އެއްބަސްވެފައިވާ ކަމަށެވެ.
މި ކޯސް ހިންގަނީ "ދާރުލް ޤުރްއާން ވައްސުންނަތް" އާ މިލަންދޫ ޑަބްލިއުޑީސީ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!