އިންނަމާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާލައިފި

inna maadhoo

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ރ. އިންނަމާދޫގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިންމައި، ޓެސްޓުކޮށް، ކޮމިޝަންކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންއެއް ވަނީ އިމާރާތް ކޮށްފައެވެ. އަދި 8.33 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކޮށް، އާރުއޯ ފެސިލިޓީ ބިލްޑިންއެއް އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ވެސް ވަނީ ބަހައްޓައިފައެވެ.

މީގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބަހައްޓާފައިވާއިރު ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފައެވެ.

އެމްޑަބްލިއުއެސްސީން އެ ރަށުގެ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެއެވެ.

މިއީ 50.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި