''ވަރުގަދަ މީހާއަކީ އޭނާގާތަށް ރުޅި އަންނަހިނދު ނަފުސު ކޮންޓްރޯލު ކުރާ މީހާ''

Rulhi Control

އެކުވެރިކަމާއި އަވައްޓެރިކަމުގައި ރުޅި އިސްކޮށްގެން ނުވާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.

"ރުޅި މަތަކުރުމުގެ ޖަޒާއަކީ ސުވަރުގެއެވެ." މި މައުޟޫއަށް ކުރިއަށްގެންދިޔަ މިއަދުގެ ހުކުރު ހުތުބާގައި ރުޅި މަތަ ކުރުމަކީ އެހާ މުހިންމު ކަމަކަށް ނުވާނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަން ވަނީ ހަނދުމަކޮށްދީފައެވެ. އަދި ރުޅި މަތަކުރާ މީހުންނަށާއި އިހްސާންތެރީންނަށް ހުރި ދަރަޖަ ބަޔާންކުރައްވައި މާތްﷲ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅުތަކުގެ މާނަ ވެސް ވަނީ ކިޔައިދީފައެވެ.

މީގެ އިތުރުން ދުނިޔެއަކީ އެއަށްޓަކައި އަރާރުންވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށާއި މުސްލިމުން ނަމޫނާއަކަށް ބަލަންޖެހޭނީ ލޮބުވެތި މާތް ނަބިއްޔާކަން ވެސް ވަނީ ބަޔާންކޮށްފައެވެ.  އެގޮތުން ވަރުގަދަ މީހުންނަކީ ހިފާ ބަލިކުރާ މީހުން ނޫން ކަމަށާއި އެހެނަސް ވަރުގަދަ މީހުންނަކީ އޭނާގާތަށް ރުޅި އަންނަހިނދު ނަފުސު ކޮންޓްރޯލު ކުރާ މީހާކަން ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ރުޅި މަޑުކުރުމަކީ މާތް ސިފައަކަށް ވީނަމަވެސް، މިއަދު މުސްލިމުންގެ ތެރެއިން ރުޅި މަޑުކުރުމުގެ ރީތި ނަމޫނާތައް ފެންނަމުން ނުދާކަން ވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑުތެރެއަށް އުކާ އަލިފާން އަނގުރުތަކެއްކަމަށް ބަޔާންކޮށްދެމުން ހުތުބާގައި ބުނީ ޝައިތާނާ މަސައްކަތްކުރަނީ އިންސާނާ ލައްވައި ރުޅިއަރުވައިގެން ކުށް ފާފަތަކަށް އެރުވުމަށް ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *