ތޫފާން "މޮކާ" މިޔަންމާ އާއި ބަންގްލަދޭޝް އަށް އަރައި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ދުނިޔޭގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި ތޫފާން މިހާރުވަނީ އެ ދެ ގައުމުގެ އައްސޭރި ފަށަށް އަރާފައެވެ.
މި ތޫފާނުގައި ގަޑިއަކު 120 މޭލުގެ ބާރުމިނުގައި ވައި ޖެހެމުންދާ ކަމަށާއިި ބައެއް މީހުންގެ ގެދޮރު ހަލާކުވެ، ހާލުގައި ޖެހެމުންދާ ކަމަށް ވެސް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
ހާއްސަކޮށް ބަންގްލަދޭޝްގެ ކޮކްސް ބާޒާރަށް ތޫފަން އަރާފާނެތީ އެ ގައުމުގެ އޮފިޝަލުން ދަނީ ތައްޔާރުވަމުންނެވެ. މިއީ ގާތްގަޑަކަށް މިލިއަނެއްހާ މީހުން ދިރިއުޅޭ ސަރަހައްދެކެވެ. މި ސަރަހައްދަކީ ފަން ޖިފުޓިއާއި ޓެންޓްތަކުގައި ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
Severe weather strikes Camp 26 in Teknaf, one of the southernmost #Rohingya camps, causing significant damage to shelters and displacing many residents. Video by Saiful Arakani.
Cyclone 🌀 Mocha #Bangladesh pic.twitter.com/Q7VRqgDrwi
— Shafiur Rahman (@shafiur) May 14, 2023
"ތޫފާން މޮކާ" އިން ސަަލާމަތް ކުރުމަށް މިހައިތަނަށް 500،000 އެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގޮސްފައިވީ ނަމަވެސް އަދިވެސް އެތައް ހާސް ބަޔަކު އެ ސަރަހައްދުގައި ތާށިވެ، ނުވަތަ އެހެން ސަރަހައްދަކަށް ނުގެންދެވި ތިބި ކަމަށް ވެސް ބުނެއެވެ.
Communication tower collapsed at #sittwe #myanmar #Cyclone #Mocha #Mocha_cyclone #CycloneAlert#CycloneMocha pic.twitter.com/8XT6p26MWO
— Amit Singh 🇮🇳 (@KR_AMIT007) May 14, 2023
މީގެ އިތުރުން މި ތޫފާނުގެ ސަބަބުން މިޔަންމާ ގެ އައްސޭރިފަށަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވެސް ރައްކާތެރި ތަންތަނަށް ގެންދިއުމުގެ މަސައްކަތް އޮފިޝަލުން ކުރަމުން އަންނަކަމަށް ވެސް ޚަބަރުތައް ބުނެއެވެ.