‎‎ ފީލްޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ޕްރޮގްރާމަށް ރާއްޖޭގެ 50 ސިވިލް ސަރވަންޓުން އިންޑިއާއަށް ފުރައިފިއެވެ.

‎މި ޕްރޮގްރާމަކީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން 5 އަހަރުތެރޭ 1000 ސިވިލް ސަރވަންޓުން ތަމްރީން ކުރުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad
rt

މި އެމް.އޯ.ޔޫގެ ދަށުން މިހާރުވެސް 639 ދިވެހި ސިވިލް ސަރވަންޓުން ތަމްރީނުކޮށްފައިވާއިރު، މި ބެޗާއެކު އެ އަދަދު 689 އަށް އަރާނެއެވެ.

މި ބެޗުގައި ހިމެނެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލް ފަދަ މުއައްސަސާތަކުގެ ސިވިލް ސާވަންޓުންނެވެ.

އެމް.އޯ.ޔޫ އާއި އޭގެ ދަށުން ހިންގާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ތަންފީޒުކުރަމުންދަނީ ސީ.އެސް.ސީ އިން ފާހަގަކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށެވެ.

އެގޮތުން އެކި ފަހަރު މަތިން ސީ.އެސް.ސީ އާއި އެން.ސީ.ޖީ.ޖީ ގުޅިގެން ހިންގާ ޕްރޮގްރާމްތައްވަނީ މުރާޖާ ކުރެވިފައެވެ. އެންސީޖީޖީއިން ދަނީ އެމް.އޯ.ޔޫގެ ދަށުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 1000 ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެން.ސީ.ޖީ.ޖީގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ދަތުރުގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގ ޕެރެޑައިމް އޮފް ގަވަރނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވަރނަންސް މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް: ޕޮލިސީސް އެންޑް ޕްރެކްޓިސްސް، ސެންޓްރަލައިޒްޑް ޕަބްލިކް ގަވަރނަންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް، ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުގެ މައުލޫމާތު ވެސް ފޯރުކޮށްދިނުމަށް ވަނ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕަބްލިކް ހެލްތު ބިހޭވިއާ، އެމް.އެސް.އެމް.އީ އެންޑް އެސް.އެމް.އީ، ޕަބްލިކް ކޮންޓްރެކްޓްސް އެންޑް ޕޮލިސީސް، ކްލައިމެޓް ޗޭންޖް އެންޑް އިޓްސް އިމްޕެކްޓް އޮން ބަޔޯޑައިވާސިޓީ، އިންޑިއާގައި ފަޤީރުކަން ނައްތާލުމަށް ހިންގާ ތަފާތު މަސައްކަތްތައް، ސްކިލް ޑިވެލޮޕްމަންޓް ފަދަ ކަންކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާއި ބެހޭ ގޮތުން ވެސް މައުލޫމާތު ދޭނެއެވެ. އަދި އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް، ވިޖިލެންސް އެޑްމިނިސްޓްރޭޝަން، އީ-ގަވަރނަންސް އެންޑް ޑިޖިޓަލް އިންޑިއާ، އީ.ޑިޖިޓަލް ގަވަރނަންސް އެންޑް ޕަބްލިކް ސަރވިސް ޑެލިވަރީ، ޓެކްސް އެޑްމިނިސްޓްރޭޝަން އެންޑް ޑިޖިޓަލް ގަވަރނަންސް ގެ މައުލޫމާތު ވެސް ދޭނެއެވެ.

ހަމަމިއާއެކު ފިންޓެކް އެންޑް އިންކްލޫޝަން، ސްޓްރެސް މެނޭޖްމަންޓް، ސެނިޓޭޝަން އެންޑް ޕަބްލިކް ހެލްތް ބިހޭވިއަރ ފަދަ ކަންކަން ހިމެނެއެވެ. މި ތަމްރީނުތަކުގެ ތެރެއިން ދުނިޔޭގެ އެއް އަޖައިބު ކަމަށްވާ ތާޖް މަހަލް އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ޕާޓްނަރޝިޕަކީ ހަގީގަތުގައި ވެސް ވަރަށް ފުޅާ ގުޅުމެކެވެ. ތަމްރީނާއި ޤާބިލްކަން އިތުރުކުރުމުގެ ރޮނގުން އެއްބާރުލުން ދިނުމަކީ މި ގުޅުމުގެ މައިގަނޑު ތަނބެވެ. އަދި މިދާއިރާއިން ގުޅުން ދަނީ އިތުރަށް ކުރިއަރަމުންނެވެ.

2019 ވަނަ އަހަރުން ފެށިގެން، ކޮވިޑް19ގެ ގެ ގޮންޖެހުންތަކާއެކުވެސް، އެކި ދާއިރާތަކުން ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގގައި ބައިވެރިވުމަށް 2000 އަށްވުރެ ގިނަ ދިވެހިން ވަނީ އިންޑިއާއަށް ދަތުރުކޮށްފައެވެ.

އޭގެތެރޭގައި ސިވިލް ސަރވިސަސް އެންޑް ގުޑް ގަވަރނަންސް، ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތް، އެގްރިކަލްޗަރ، ޑިސެންޓް ރެލައިޒޭޝަން، އެންވަޔަރަންމަންޓް، ޔޫތު އެންޑް ސްޕޯޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.

އޭގެ އިތުރުން 1600 އަށް ވުރެ ގިނަ ވާޗުއަލް ޓްރެއިނިންގ ސްލޮޓް ދިވެހިންނަށް ވަނީ ފޯރުކޮށްދީފައެވެ.