ޔޫކްރައިން ގެ އެމްޕީއަކު ގެންގުޅުއްވި އެގައުމުގެ ދިދަ ރަޝިއާގެ އޮފިޝަލުން ދަމައިގަތުމުން ތަޅާފޮޅުމަކަށް ހިނގައްޖެއެވެ.
މިކަމެއް ހިނގާފައިވަނީ ކަޅު ކަނޑުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ތުރުކީގެ އަންކާރާގައި މަންދޫބުންގެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ.
މި ހާދިސާގެ ވީޑިއޯ އާންމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަގޮތުގައި ރަޝިއާގެ ޑެލިގޭޝަންގެ އިސްވެރިއަކު ވާހަކަ ދައްކަވަން ހުންނަވަނިކޮށް ޔޫކްރައިން އެމްޕީ، އެގައުމުގެ ދިދަ އެއް ހިފައިގެން ރަޝިއާ އޮފިޝަލްގެ ފަހަތުގައި ހުއްޓެއެެވެ. އަދި އެވަގުތު ރަޝިއާގެ ވަފްދުގެ އޮފިޝަލަކު ގޮސް ދިދަ ނަމައިގަނެގެން ދެއެވެ.
މިއާއެކު ދެފަރާތުން ވެސް ކޮންމެވެސް ވަރެއްގެ ތަޅާފޮޅުމަކަށް ދިޔަނަމަވެސް، އެއްވެސް މެމްބަރަކަށް މާބޮޑު އަނިޔާއެއް ވެފައިވާކަމަށް ވީޑިއޯ އިން ފާހަގައެއް ނުކުރެވެއެވެ.
ދިގު ދެމިގެން ގޮސްފައިވާ ރަޝިޔާ-ޔޫކްރެން ހަނގުރާމައިގެ ސަބަބުން ދެ ޤައުމުގެ ދޭތެރޭ ދިގު ދެމިގެންދާ ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.