ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަމުގެ ހުވާ އިބްރާހިމް ޝާޒު ކުރައްވައިފިއެވެ.

އޭނާ މެމްނަރުކަމުގެ ހުވާ ކުރައްވާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޝާޒަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫންއެވެ.

Ad
rt

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ޙާޟިރުގައި މެންބަރުކަމުގެ ހުވާ ޝާޒް ކުރެއްވުމަށްފަހު، ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވަނީ ޝާޒަށާއި، އެމްޑީޕީއަށް މަރުޙަބާ ދަންނަވާފައެވެ.

މި އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ޝާޒް ކާމިޔާބުކުރެއްވީ، ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޟާ އާދަމާއި އެމްއެންޕީގެ ކެނޑިޑޭޓް ޢަލީ ޢާރިފާ ވާދަކުރައްވައިގެން ކުރި ހޯއްދަވައިގެންނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެދާއިރާގެ ގޮނޑި ތިން ދައުރު ފުރުއްވި ޕީޕީއެމްގެ އިބްރާހީމް ރިޟާ މިދިޔަ ފެބުރުއަރީ މަހު އަވަހާރަވުމާ ގުޅިގެންނެވެ. އަދި މިއީ އެމްޑީޕީން މިގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެެވެ.