މަޖިލީހަށް އައީ ރީތި ގޮނޑިއެއްގައި އިންނާކަށް ނޫން، ވައުދާ އެއްގޮތަށް މަސައްކަތް ކުރާނަން: ޝާޒް
މަޖިލީހަށް ވެދެވަޑައިގެންނެވީ މާ ރީތި ގޮނޑިއެއްގައި އިންނަވަން ނޫން ކަމަށާއި އަބަދުވެސް ދެމި ހުންނަވާނީ ކެމްޕޭނުގައި ވީ ވައުދާ އެއްގޮތަށް މަސައްކަތް ކުރެއްވުމުގައި ކަމަށް ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާ މިއަދު ކުރެއްވި އިބްރާހީމް ޝާޒް ވިދާޅުވެއްޖެއެވެ. މެމްބަރުކަމުގެ ހުވައިކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މީޑިއާއަށް ދެއްވި އިންޓަރވިއުގައި ޝާޒު ވިދާޅުވީ ހަމައެކަނި ގުޅި، ގުރައިދޫ، މާފުށީގެ ރައްޔިތުންނަށް ލާބައާއި މަންފާއާއި އެބޭފުޅުންގެ ހުރި އުއްމީދުތައް ހާސިލްކުރުމަށް މިއީ ކުޑަ މުއ...