ހ.މުރައިދޫ ގައި ނިޔާ އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް ހުޅުވައިފިއެވެ.
މި އެކަޑަމީގައި 41 އަންހެން ކުދިންނާއި 68 ފިރިހެން ކުދިންނާއި އެކު ޖުމްލަ 109 ދަރިވަރުން ރަޖިސްޓްރީ ވެފައިވާއިރު މިއީ ޔޫތުމިނިސްޓްރީގައި ރެޖިސްޓްރީ ކުރެވިގެން ހިންގާ އެކަޑަމީ އެކެވެ.
ފުޓް ބޯޅަ، ވޮލީ ބޯޅަ، އަދި ހޭންޑް ބޯޅައަށް ހާއްސަކުރެވިގެން ހިންގާ މި އެކަޑަމީން ވަނީ ކުޅިވަރުގެ އިތުރުން އިޖްތިމާއީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައެވެ.
އެގޮތުން ރަމަޟާން މަހަށް ހާއްސަކޮށްގެން އެކަޑަމީގެ ދަރިވަރުންގެ މެދުގައި ޤުރުޢާން މުބާރަތް ބޭއްވުމާއި މިނޫން ވެސް އެހެން ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ ނިޕޮން ޕެއިންޓް ގެ ސްޕޮންސާގެ ދަށުން ހިންގާ ނިޔާ އެކަޑަމީގެ އަމާޒަކީ ކައިރި މުސްތަޤުބަލެއްގައި ހއ ގެ އެހެން ދެ ރަށެއްގައިވެސް ނިޔާ އެކަޑަމީގެ މަސައްކަތް ފަށާ ހުޅުމާލޭގައި ވެސް ނިޔާ އެކަޑަމީގެ ގޮތްޕެއް ހުޅުވުމެވެ.
ހއ.މުރައިދޫ އަށް އުފަން އަޙްމަދު ނިޔާޒު މޫސަ އުފެއްދި ނިޔާ އެކަޑަމީގެ މަގްސަދަކީ ހއ އަތޮޅުން އަޙްލާގު ރަނގަޅު، ހުނަރުވެރި ކުޅުންތެރިން ތަކެއް އުފައްދާ ކުޅިވަރުގެ މައިދާނަށް ނެރުމެވެ.
އަޙްމަދު ނިޔާޒަކީ ފުޓުބޯޅައިގައި ފާހަގަ ކޮށްލެވޭ ކޯޗެކެވެ. ހާއްސަކޮށް މިނިވަން ޗެމްޕިއަންޝިޕް ގައި ތިލަދުންމަތީގެ އެކި ރަށް ތަކަށް ކޯޗުކަން ކޮށްދީފައިވާ ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އިންޓަރ ރިސޯޓް ފުޓްސަލް މުބާރާތްތަކުގައި އެކި ރިސޯޓްތަކަށްވެސް ކޯޗު ކަން ކޮށްދެއްވާފައިވާ ފަރާތެކެވެ.