އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވި އެ ޕްރައިމަރީ ބާތިލްކުރަން މައްސަލަ ހުށަހެޅީ އަލީ އަމްޖަދު ކިޔާ މީހެކެވެ.

Ad
rt

އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލީ އަމްޖަދަކީ މައްސަލަ ހުށަހެޅިއިރު އެމްޑީޕީގެ މެމްބަރަކަށް ނުވާތީ އެމްޑީޕީގެ ފަރާތުން އިޖްރާއީ ނުކުތާއެއް ހުށަހެޅުމުންނެވެ.

ހުކުމުގައިވަނީ އަމްޖަދަު ޕާޓީން ވަކިކުރީ ދައުވާ ކުރިތާ ހަފުތާއެއް ފަހުން ކަމަށް ބުނާ ބުނުމަކީ އިލެކްޝަންސް ކޮމިޝަންގެ އިދާރީ އޮޅުމެއްކަން އެނގޭ ކަމަށެވެ.

މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހުކުމް ކުރެއްވީ މި ކަންކަމުގެ އިތުރުން، ކޯޓެއްގެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތުމާ ގުޅޭ ގޮތުން ގާނޫނާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ބައެއް ނިންމުންތަކަށް ރިއާޔަތް ކޮށްފައިވެ އެވެ.