ނ. މަނަދޫ ގައި ނިޔާވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ ޖަނާޒާ މިއަދުގެ މަޣުރިބު ނަމާދަށްފަހު ބާއްވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެރަށު ކައުންސިލުން ބުނީ އެކަނި ދިރިއުޅެމުން އައި ނައީމާ މޫސާގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބާއްވާނެ ކަމަށެވެ.
އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލި ބެލުމުންނެވެ. އޭރު އޭނާ އޮތީ ބިންމަތީގައި ނިޔާވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ނައީމާގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަމަށް ބައެއް މަސްދަރުތަކުން ބުނިނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން އަދިހާމައެއް ނުކުރެއެވެ. އަދި އޭނާގެ ޖަނާޒާ ބާއްވަނީ ޕޯސްޓުމޯޓަމް ނުހަދައެވެ.
އެހެންނަމަވެސް އެ މަރާއިގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ރޭ ދަންވަރު އެރަށަށް ގޮސް ވަނީ ތަހުގީގު ފަށާފައެވެ. އަދި ފުލުހުންގެ ހުއްދައާއި ނުލައި، އެރަށަށް އަރައި ފޭބުން ވެސް ވަނީ މަނާކޮށްފައެވެ.
އެނގިފައިވާ ގޮތުގައި، ނައީމާގެ ތިން ކުދިން ތިބޭއިރު، އެ މީހުން އުޅެނީ މާލޭގަ އެވެ. ރަށުގައި އެއްބަނޑު މީހުން ތިބި ނަމަވެސް، ނައީމާ ދިރިއުޅެމުން ދިޔައީ، އޭނާގެ ރަޖިސްޓްރީ ވެސް އޮންނަ އާއިލީ ގެ، އަންނާރުމާގޭގައި، އެކަނި ކަމަށްވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!