ސިނާއީ ރަށް، ތިލަފުށީގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ތިލަފުށީގައި ހުރި އިމާރާތެއްގައި ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
''އަލިފާން ރޯވެގެން ތިލަފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރި ވަނީ. ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:45 ހާއިރު'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއަދު 14:00 ހާއިރު އެ އިމާރާތުގައި ރޯވި އަލިފާނުގެ 80 ޕަސަންޓް ކޮންޓްރޯލް ކޮށްފައިވާއިރު، އިތުރު ތަނަކަށް އަލިފާން ފެތުރިފައިނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ދެ ބުރިއަށް ހަދާފަ ހުރި އިމާރާތެއްގައެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯއަކީ ލަކުޑި ގުދަނެކެވެ. އަދި މަތީބައި ބޭނުން ކުރަނީ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!