ނަޝީދު އުޅުއްވަނީ އަމިއްލަ އެދުމާހެދި: ރާޝިދު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީގޮތުން ކުރިމަތިވެވަޑައިގެން ކަންކަމަކީ އަމިއްލަ އެދުމާހުރެ ކުރިމަތިވެވަޑައިގަތްކަންކަން ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ. ރާޝިދު މިހެން ވިދާޅުވީ، ‘’ހަސަން ކުރުސީ’’ ނަމުގައި ޓްވީޓާގައި ހަރަކާތްތެރިވާ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ’’ހަސަން ކުރުސީ’’ އަކީ ރައީސް ނަޝީދު ކަމަށް ނުވަތަ ރައީސް ނަޝީދާއި ގާތްގުޅުމެއް އޮންނަ މީހެއްކަމަށް ބައ...