އުރީދޫއިން ރާއްޖޭގެ ވިޔަފާރިތަކަށް މައިކްރޮސޮފްޓްގެ ޑިޖިޓަލް ހައްލު ފޯރުކޮށްދެނީ

FED09301-62D9-44A6-9A0E-67542BA2EC4C

ރާއްޖޭގެ ވިޔަފާރިތަކަށް އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މައިކްރޮސޮފްޓާއެކު ޕާޓްނަޝިޕްއެއް ގާއިމްކޮށްފިއެވެ.

މި ޕާޓްނަޝިޕް ގާއިމް ކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ޚިދުމަތާއެކު ބަންޑަލްކޮށްގެން ނުވަތަ ވަކިން މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ސޮލިއުޝަންތަކުގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އެގޮތުން މައިކްރޮސޮފްޓާ އެކު ވެވުނު ޕާޓްނާޝިޕާއެކު ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތައް އެންމެ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުވެރިކުރުވުން، މި ޕާޓްނަރޝިޕަކީ މި އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް." ޚާލިދު އަލް ހަމާދީ

މައިކްރޮސޮފްޓާއެކު ވެވުނު ޕާޓްނަރޝިޕްގެ ދަށުން އޮފީސް365، މައިކްރޮސޮފްޓް ޓީމްސް، މައިކްރޮސޮފްޓް ޓީމްސް ވޮއިސް، މައިކްރޮސޮފްޓް ޓީމްސް ރޫމްސް، މައިކްރޮސޮފްޓް ޕަވަ އެޕްސް، މޮބައިލް ޑިވައިސް މެނޭޖްމަންޓް އަދި ޝެއާޕޮއިންޓް ފަދަ ވަސީލަތްތަކުން ވިޔަފާރީގެ މަސައްކަތްތަކުގެ މަރުހަލާތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން މަސައްކަތުގެ ވައްޓަފާޅި ޒަމާނާ އެއްގޮތައް ބަދަލުކުރުމުގެ ސަބަބުން ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ ދަތުރު ހަލުވިވެ ދެމެހެއްޓެނިވި ވިޔާފާރިއެއް ގާއިމް ކުރެވި، ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުތުމާން ފަޚްރޫ ވިދާޅުވީ ޓެކް އިންޑަސްޓްރީ ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު އީޖާދީ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ހައްލުތަކަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންވެ އުރީދޫގެ ޒަމާންވީ ޕާޓްނަރެއް ކަމަށްވާ މައިކްރޮސޮފްޓް ގެ ކްލައުޑް ބޭސްޑް ސޮލިއުޝަންތަކާއި ހިދުމަތްތަކާއެކު މާކެޓް ވިޔަފާރިތަކާއި ކަސްޓަމަރުންގެ ބޭނުންތަކަށް ހައްލުހޯދައިދިނުމުގެ ފުރުސަތު ފަހިވެގެންދިއުމަކީ ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައިކްރޮސޮފްޓްގެ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނާސް، ބިން ޝެން ވިދާޅުވީ، އުރީދޫ ގްރޫޕަކީ މި ސަރަޙައްދުގައި އެ ކުންފުންޏާ ޒަމާންވީ އަގުހުރި ބައިވެރިއެއް ކަމަށާއި ޑިޖިޓަލް ހިދުމަތްތައް ތަރައްޤީވަމުން އަންނައިރު، ދުނިޔޭގެ އެކި ސަރަޙައްދުތަކާއި ސިނާއަތްތަކާއި ޖަމިއްޔާޔާޖަމާއަތްތަކާއި ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ޙިދުމަތްތަކާއެކު އައު ފުރުސަތުތައް ފަހި ކޮށްދެވޭނެ ކަމަށެވެ.

މައިކްރޮސޮފްޓާއެކު ވެފައިވާ މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ އަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ވަން-ސްޓޮޕް-ޝޮޕެއްގެ ގޮތުގައި ހަރުދަނާވެ، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެއެވެ.

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ގްރޫޕްގެ ހުރިހާ ކުންފުނިތަކަކުންވެސް މައިކްރޮސޮފްޓްގެ ހިދުމަތްތައް ވިޔަފާރިތަކަށް މި އަހަރުން ފެށިގެން ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި