"އެމްޓީސީސީ ރޯދަ ޕްރޮމޯ" ފަށައިފިއެވެ.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަން އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި އެ ކުންފުނިން ވިއްކާ އިންޖީނުތަކުން ޑިސްކައުންޓު ލިބޭނެ ކަމަށެވެ.

Ad
rt

އެގޮތުން ޔަންމާ އިންޖީނާއި ސުޒުކީ އިންޖީނުން ޑިސްކައުންޓު ލިބޭއިރު، ސްކޮޓް ބޭޑާ ކޮމްޕޮސައިޓްސް އަދި ފައިބާ ގްލާސް މެޓީރިއަލްސް އިން ވެސް ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ބުނެއެވެ. އަދި ކާސްޓްރޯލް ލުބްރިކަންޓްސް އާއި ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސް އިން ވެސް ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މެރޯލް ސްޓީއަރިންގ ސިސްޓަމް އާއި ޓިއުބް، ޝެފްޓް، ޕްރޮޕެލާ އިން ވެސް ހާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ބުނީ މި ޕްރޮމޯޝަން ހާއްސަ ކުރަނީ އިންޑަސްޓްރިއަލް ބޯޓް ބަނުމާއި އެންޑް އިންޖިނިއަރިންގ ދާއިރާގެ އާއި ޓޫރިޒަމް ދާއިރާ (ލިވަބޯޑުތައް، ރިސޯޓު އަދި ލޯކަލް ޓޫރިޒަމް) އާއި ފެރީ އަދި ލޮޖިސްޓިކަލް އޮޕަރޭޓަރުންނާއި މަސްވެރިންނަށް ކަމަށެވެ.

މި ޕްރޮމޯޝަނާ ބެހޭ މައުލޫމާތު ދިނުމަށް އެކުންފުނީގެ ޓީީމުތަކުން މާލޭ ބަނދަރުމައްޗާއި ހުޅުމާލޭ ކަންނެލި ޖެޓީ އަދި ވިލިމާލޭ ބަނދަރުމައްޗަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ތިލަފުށީ އިންޑަސްޓްރިއަލް ސައިޓާއި ބޯޓު ޔާޑަށް ވެސް އެ ކުންފުނީގެ ޓީމުތައް ގޮސް ޕްރޮމޯޝަނާއި ބެހޭ މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުންޏެވެ.