އައްޑޫ ސިޓީގައި 6000 އެނދު ހާސިލްވާ މިންވަރަށް ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދާނަން: މުއިއްޒު
އައްޑޫ ސިޓީގައި 6000 އެނދު ހާސިލްވާ މިންވަރަށް ޓޫރިޒަމް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އެ ސިޓީ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް އައްޑޫގެ ރައްޔިތުން އުންމީދު ކުރާ މަންޒަރު ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި އެ ސިޓީގެ ރައްޔިތުން އަބަދުވެސް އެދި...