އެމް.ޕީ.ޓީ ޓޫލްސްގެ ރަށު އެޖެންޓަކަށް ވާން ބޭނުންތަ؟

best buddy MPT tools

އެމް.ޕީ.ޓީ ޓޫލްސްގެ ރަށު އެޖެންޓަކަށް ވާން ބޭނުންތަ؟

ޗައިނާގެ މަޝްހޫރު އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ގެ ރަށު އެޖެންޓުންނަށް ވުމުގެ ފުރުސަތު ބެސްޓު ބަޑީ އިން ހުޅުވާލައިފި އެވެ.

ބެސްޓް ބަޑީ އިން ބުނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަގުބޫލްކަން ހޯދާފައިވާ އެމް.ޕީ.ޓީ ބްރޭންޑްގެ ޕަވަރޓޫލްސް ރީޑިސްޓްރިބިޔުޓަރަކަށް ވުމަށް، ރަށު އެޖެންޓުން ހޯދަން ބޭނުންވާ ކަމަށެވެ.

ޗައިނާގެ ޒިންޖިޔާން ޕްރޮވިންސްގެ ކުންފުންޏެއްކަމަށްވާ ޔަންގްކަންގ ޕަވަރޓެކް އިމްޕޯރޓް އެންޑް އެކްސްޕޯރޓްގެ ކޯޕަރޭޝަން ލިމިޓަޑުން އުފައްދާ އެމްޕީޓީ ބްރޭންޑްގެ ޓޫލްސް ދިވެހިރާއްޖޭގެ އެކްސްކުލޫސިވް އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ބެސްޓް ބަޑީއެވެ.

މިކަމަށް އެދޭ އަތޮޅުތެރޭގެ ފަރާތްތަކުން 9417856 އާއި ގުޅުއްވުން އެދޭ ކަމަށާއި ކޮންމެ ރަށަކުން ވެސް ނަގާނީ އެންމެ އެޖެންޓެއް ކަމަށް ވެސް ބުންޏެވެ.

ރަށު އެޖެންޓުންނަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި އެމް.ޕީ.ޓީ ފެކުޓަރީ އަގުގައި ސީދާ ފެކުޓަރީން އެމް.ޕީ.ޓީ ޓޫލްސް ޝިޕްކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ އެވެ. އަދި ބެސްޓް ބަޑީއިން ނަގާނީ ފުރައިޓް ޗާރޖަސް ކަސްޓަމްސް ކުލިއަރެންސް އާއި ެައެކު ސީ.ބީ.އެމް އަކަށް 250 ޑޮލަރެވެ.

މީގެ އިތުރުން ބެސްޓް ބަޑީ ފިހާރަތަކުގައި ސްޓޮކު ހުރި އައިޓަމް ނަގާނަމަ %25 ޑިސްކައުންޓް އަގުގައި ލިބޭނެ ކަމަށާއި އެމް.ޕީ.ޓީ ޑިސްޕްލޭ ހަރު ހިލޭ ލިބޭނެ ކަމަށް ވެސް ބުންޏެވެ. އަދި ބަރާބަރަށް ޕޭމަންޓް ދައްކާ ފަރާތްތަކަށް 1 މަސްދުވަހަށް ކުރެޑިޓަށް މުދާ ދޫކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ބެސްޓްބަޑީއަކީ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަށް ވުމާއި އެކު މި ބްރޭންޑު ރާއްޖެއަށް އެތެރެކުރަނީ ސީދާ ފެކްޓްރީ އިން ގަނެގެން ބެސްޓް ބަޑީގެ ފަރާތުންނެވެ. އެހެންކަމުން ތަކެތީގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެ ފިހާރައިން ދެއެވެ.

މި ކުންފުނިން އުފައްދައި ޓޫލްސްތަކުގެ ތެރޭގައި ތެދުއިވަޑާމާއި ކިއްސަރުވަޑާމުގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ޓޫލްސްތަކުގެ އިތުރުން ޕަވަރ ޓޫލްސް، ބެންޗް ޓޫލްސް، އެއަރ ޓޫލްސް، އިންވާޓަރ ވެލްޑިންގް މެޝިންސް އަދި ހޭންޑް ޓޫލްސް އަދި ތަފާތު ގިނަ ވައްތަރުގެ ޓޫލްސްތައް ހިމެނެއެވެ.

އޮސްޓްރޭލިއާ، މެލޭޝިއާ، ދުބާއީ އަދި ޑެންމާކުގެ އިތުރުން ދުނިޔޭގެ 90 އަށްވުރެ ގިނަ ޤައުމުގައި މިހާރުވެސް އެމްޕީޓީގެ އެކްސް ކުލޫސިވް އޭޖެންޓުން ތިބޭއިރު ރާއްޖޭގައި މި ބްރޭންޑްގެ ޓޫލްސްވިއްކުމަށް އެޖެންޓްކަން ދީފައިވަނީ ހަމައެކަނި ބެސްޓްބަޑީއަށެވެ.

މި ބްރޭންޑުގެ ޓޫލްސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ މީހުންގެ އިތުރުން ކުދި ކުދި ހާޑްވެއާ ފިހާރަތަކަށް ވެސް ބެސްޓްބަޑީން ސަޕްލައި ކޮށްދެއެވެ. އަދި މީގެ އިތުރުން އެމް.ޕީ.ޓީ ބްރޭންޑްގެ ޓޫލްސް އުފައްދާ ޗައިނާ ކުންފުނި މެދުވެރިކޮށް ކޮންޓެއިނަރ ބަރުކުރަން ބޭނުންވާ ފަރާތްތަކުން ޕްރީ އޯޑަރ ދިނުމުން ހީވެސް ނުކުރާހާ ހެޔޮއަގުގައި މި ބްރޭންޑްގެ ޓޫލްސް ގެނެސްދިނުމުގެ އިންތިޒާމު ބެސްޓް ބަޑީއިން ހަމަޖައްސައިދޭނެކަމަށް އެ ފިހާރައިން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ބެސްޓް ބަޑީ ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައެވެ.

އެ ފިހާރައިން އަންނަނީ ރަށު ޕިކަޕަށް ބޭނުންވާ ހުރިހައި ސާމާނެއް ވެސް އެެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދެމުންނެވެ. އަދި ރަށު ޕިކަޕުގެ ޓެކްނިކަލް ސަޕޯޓު ވެސް ފުޅާދާއިރާއެއްގައި ދެމުންއަންނައިރު، އާފްޓަރ ސޭލްސް ސަރވިސް ގެ ހިދުމަތް ވެސް އަންނަނީ ފޯރުކޮށްދެމުން ނެވެ.

މީގެ އިތުރުން ބައިސްކަލުގެ ހުރިހައި ސްޕެއަރ ޕާޓްސް ވެސް ހުސްނުވެ އެ ފިހާރައިން ލިބެން ހުންނާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި