އިންޑިޔާ ސަރުކަރުގެ އެހީގައި ށ.ފޯކައިިދޫގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީގައި އިއްޔެ ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިތަން ގާއިމްކުރުމަށް ސޮއިކޮށްފައިވަނީ އެލް އެފް ކޮންސްޓްރަކްޝަންއާއި އެކުގައެވެ.
5.21 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.
ފޯކައިދޫ ކައުންސިލުން މި މަޝްރޫއު ކުރިއަށްދާ ގޮތް ބަލަމުންދާނެކަމަށާއި މި މަޝްރޫއުއަކީ ކައުންސިލުން ފޮރިން މިނިސްޓްރީއަށް ހުށައަޅައިގެން، އެ މިނިސްޓްރީ މެދުވެރިކޮށް އިންޑިޔާ ސަރުކާރުގެ އެހީ ހޯދައިގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!