އުރީދޫގެ މިއަހަރުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

މި ފުރުސަތު އެ ކުންފުނިން ހުޅުވާލައިފައިވަނީ ޓްވިޓާ އާއި ފޭސްބުކް ގައެވެ. އެގޮތުން، ޓްވިޓާގައި ކުރިއަށްގެންދާ ގިވްއަވޭގައި 30 ނަސީބުވެރިން ހޮވާއިރު ފޭސްބުކް ގައިވެސް 30 ފަރާތްތަކަށް ކަލަންޑަރު ލިބޭނެއެވެ.

Ad
rt

ކަލަންޑަރު ހޯދަން ބޭނުންވާ ފަރާތްތަކުން ޓްވިޓާގައި އުރީދޫއިން ކޮށްފައިވާ ޓްވީޓަށް ލައިކް ކުރުމަށްފަހު ރިޓްވީޓް ކުރަން ޖެހޭނެއެވެ. އަދި ކޮމެންޓުގައި ރައްޓެއްސަކު ޓެގް ކުރުމަށްފަހު ގްރޯ ވިތު އުރީދޫ ހޭޝްޓެގް ބޭނުން ކުރަން ޖެހޭނެއެވެ.

ފޭސްބުކް ބޭނުންކުރައްވާ ފަރާތްތަކުން އުރީދޫއިން ކޮށްފައިވާ ޕޯސްޓަށް ލައިކް ކުރުމަށްފަހު އެންމެނަށް ފެންނާނެހެން ޝެއަރ ކުރަން ޖެހޭނެއެވެ. އަދި ކޮމެންޓުގައި ރައްޓެއްސަކު ޓެގް ކުރުމަށްފަހު ގްރޯ ވިތު އުރީދޫ ހޭޝްޓެގް ބޭނުން ކުރަން ޖެހޭނެއެވެ.

އުރީދޫއިން މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ.

އުރީދޫއިން ކޮންމެ އަހަރަކު ތަފާތު ކަލަންޑަރެއް ތައާރަފު ކުރާއިރު މިއަހަރުގެ ކަލަންޑަރުވެސް ވަނީ ވަރަށް ބޮޑަށް ތަފާތު ކޮށްފައެވެ.

އޯގްމަންޓެޑް ރިއަލިޓީ ހިމަނައިގެން ހަދާފައިވާ މި ކަަލަންޑަރާއެކު ގަސް އިންދުމަށް އޮށާއި ޕޮޓް ލިބޭނެއެވެ.