ރިސޯޓު ތަރައްގީ ކުރަން 14 ރަށް

kudafarufasgandhu

ރިސޯޓު ތަރައްގީ ކުރުމަށްޓަކާ ޓޫރިޒަމް މިނިސްޓްރީ 14 ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ.

އެ ރަށްތައް ބީލަމަށް ހުޅުވާލީ އިއްޔެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ރަށްތަކުގެ ތެރޭގައި ކުރިން ބީލަމަށް ހުޅުވާލި ރަށްތައް ވެސް ހިމެނެއެވެ.

އަލަށް ހުޅުވާލި ރަށްތަކަށް ބީލަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައި ވަނީ ކުރިއަށް އޮތް މާޗް 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ރަށްތައް އަލުން ބީލަމަށް ހުޅުވާލާފައި ވަނީ ބިޑް ތަކުގެ ޝަރުތު ފުރިހަމަ ނުވުމާއި، އެ ރަށްތަކަށް ބިޑް ނުލިބި ހުރުމުންނެވެ.

ބީލަމަށް ހުޅުވާލި ރަށްތައް ދިނުމުގައި ޕޮއިންޓް ދޭނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް 60 އިންސައްތައެވެ. އަދި ވައްޒަފުންގެ ތަމްރީނާއި ތިމާވެށި އަދި އިއާދަކުރުވަނިވި ހަކަތައަށް އިސްކަން ދޭ މިންވަރަށް ޕޮއިންޓް ދިނުމުގައި ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ބީލަމަށް ހުޅުވާލި 14 ރަށުގެ ތެރެއިން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހެނީ ކ. ކާށިދޫ ފަޅާއި ފ. ނިލަންދޫ ފަޅަށެވެ. އެ ދެ ފަޅުގެ 10 ހެކްޓަރުގެ ސަރަހައްދެއްގައި ރިސޯޓު ތަރައްގީ ކުރަން ކަނޑައަޅާފައިވާއިރު އެ ދެ ސަރަހައްދަށް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި އެންމެ ދަށްކޮށް 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ.

މި ރަށްތައް ބީލަމަށް ހުޅުވާލާފައި ވަނީ އޯޕަން ބިޑިން މަރުހަލާގެ ދަށުންނެވެ.

ގދ.ގެ ފެރޭތަވިލިގިއްލާ ބީލަމަށް ހުޅުވާލާފައި ވަނީ ހަތް ލައްކަ ޑޮލަރު ނުވަތަ 10.7 މިލިއަން ރުފިޔާ އަށެވެ.

މީގެ އިތުރުން ހއ. މެދަފުށީގެ 10.9 ހެކްޓަރަށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 875،000 (އަށް ލައްކަ ހަތްދިހަ ފަސް ހާސް) ޑޮލަރު ނުވަތަ 13.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައިވާއިރު ތ. އޮޅުފުށިގެ އިކުއިޒިޝަން ކޮސްޓަކީ ހަތް ލައްކަ ޑޮލަރު ނުވަތަ 10.7 މިލިއަން ރުފިޔާއެވެ.

ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ އިތުރު ރަށްތަކުގެ ތެރޭގައި ރ. އެއްތިގިލި އާއި ހއ. އަލިދުއްފަރުފިނޮޅުގެ އިތުރުން ގއ. ބޭރަމައުއްޑޫ އާއި ގއ. ފުނަދޫވިލިގިއްލާ އާއި ގދ. ކަޅެހުއްޓާ، މ. ބޯހުރާ އަދި ގދ.ހާދުވާ ހިމެނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *