ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހއ އަތޮޅުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ހއ ދިއްދޫގައި އިއްޔެ ހަވީރު ކަލަރ ރަން އެއް ބާއްފައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޔުނިސެފް ގުޅިގެން ހިންގާ މި ޙަރަކާތް ތަކުގެ ތެރެއިން މިއަދު ހަވީރު ދިއްދޫގައި ބޭއްވި ކަލަރ ރަންގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ބައިވެރިވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
#WorldChildrensDay faahaga kurumah HA. Atholhugai kuriah gendhaa harakaaiythakuge therein #Dhidhdhoo gai miadhu haveeru kuriah gendhiya Color Run: Mi event gai gina adhadhegge kuda kudhinnaai bodethi meehun baiverivefaivey#FCPD #foreverychildeveryright #HAAtollPolice pic.twitter.com/vOL3zUqhnZ
— Maldives Police (@PoliceMv) November 19, 2019
ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ހއ އަތޮޅުގެ ބައެއް ރަށް ތަކުގައި ހިންގި ހަރަކާތްތަކުގެ ތެރޭގައި ހއ. އަތޮޅުގެ މީހުންއުޅޭ ރަށްރަށުގައި ކުޑަކުދިންނާ ގުޅުންހުރި އެކިއެކި ޝިޢާރުތައް ހިމަނައިގެން ބިލް ބޯޑްތައް ބެހެއްޓުމާއި ކުޑަކުދިންގެ ހަވީރު ބޭއްވުމާއި ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާއާއި، ކުށްކުރުމުގައި ކުޑަކުދިން ބައިވެރިކޮށްގެން ހިންގާ ކުށްތަކާއި ބެހޭގޮތުން ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
ކުޑަކުދިންގެ ދުވަހުގެ ޕްރޮގްރާމްތައް މި މަހުގެ 16 އިން ފެށިގެން އިއްޔެ އާއި ހަމަޔަށް ހއ އަތޮޅުގެ އެކި ރަށްތަކުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!