ހދ. ނޭކުރެންދޫ ކުލަބެއް ކަމުގައިވާ އެކްސް ޒީރޯ ސްޕޯރޓްސް ކުލަބުން އިންތަޒާމް ކޮށްގެން ބާއްވަމުންއަންނަ އެކްސްޒީރޯ ބެޑްމިންޓަންޗެލެންޖް ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ނޭކުރެންދޫ ރައްޔިތުންނަށާއި އެރަށުގައި ވަޒީފާ އަދާ ކުރާ ރަށުން ބޭރު ފަރާތްތަކަށް ބައިވެރި ވެވޭ ގޮތަށް (ބައިވެރިވުމުގެ) ފުރުސަތު ހުޅުވައިލި މި މުބާރާތް މިފަހަރު ކުރިޔަށްދާނީ ޖުލައި މަހުއެވެ.

Ad
rt

މި މަހު 15 އިން މޭ 15 އަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވެފައިވާ މި މުބާރާތުގެ ފޯމް އޮންލައިންކޮށް ފުރޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ފަހަރުގެ މުބާރާތުގައި ވަނީ ދެޖިންސުގެ ބޭފުޅުންނަށްވެސް ފުރުސަތު ހުޅުވާލައިފައެވެ. ފިރެހެން ބައި ކުރިޔަށްދާނީ ޓީމް އިވެންޓްގެ ގޮތުގައެވެ. އެގޮތުން ކޮންމެ ޓީމެއްގައި 5 ކުޅުން ތެރިންނާއި 2 އޮފިސަލުން އަދި މެނޭޖަރެއް ހިމެނޭނެއެވެ. އަންހެން ބައިގައި ކުރިޔަށްދާނީ ޑަބަލްސްއެވެ.

މިއީ އެ ކުލަބުން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ކުރިޔަށް ދިޔައީ ހަމަ އެކަނި ފިރިހެން ބޭފުޅުންނަށް ހުޅުވާލައިގެން ޑްބަލްސް އަދި ސިންގަލްސް އެވެ. ޑަބަލްސް ޗެމްޕިއަންކަން މުހައްމަދު ރަޝީދު އަދި ހަސަން އިރުޝާދުގެ ޕެއާ ހޯދި އިރު ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު ރަޝީދުއެވެ.