އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އެދި ޖާބިރުގެ ގަރާރެއް މަޖިލީހަށް ހުށައަޅައިފިއެވެ.

ޖާބިރު ހުށައެޅުއްވި ގަރާރުގައިވަނީ ދިވެހިރާއްޖޭގައި ބޭއްވޭ ކޮންމެ ރިޔާސީ އިންތިޚާބަކީ، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވާދަކުރެވޭ ގޮތުގެމަތިން ބޭއްވޭ މިނިވަން އިންތިޚާބަކަށް ވާންޖެހޭއިރު، 2018 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިބްރާހީމް އިންތިޚާބު ވެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ޚިލާފަށް، ބޭއްވުނު ރިޔާސީ އިންތިޚާބަކުން ކަމަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައަޅައި، ބަޔާންވެގެންވާ ގޮތުގެމަތިން ސިޔާސީ ޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަ ކުރެވޭނެ ގޮތުގެމަތިން އަލުން މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ގޮތުގެމަތިން ކުރައްވަންޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފައްޓަވައި، އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމުކޮށް މިޢިއްޒަތްތެރި މަޖިލީހުން ޤަރާރެއް ފާސްކުރުމަށް ބާރުއެޅުމުގެ ގޮތުން ހުށައަޅާ ޤަރާރެއްކަމަށެވެ.

Ad
rt

ޤަރާރު ހުށަހެޅި މަޤުސަދު، ކަމުގައި ބުނެފައިވަނީ މިޤަރާރު ރައްޔިތުންގެ މަޖިލީހަށް މި ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 169 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، 167 ވަނަ މާއްދާގައި ބުނާ ގޮތުގެމަތިން މިޤަރާރުގައި "ދީބާޖާ އެއް އެކުލެވޭތީ، މިޢިއްޒަތްތެރި މަޖިލީހުގެ އީޖާބީ ދައުރެއް މިކަމުގައި އޮންނާނެގޮތަށް ފާސްވެގެން ދިއުމަށް ބޭނުންވާތީ ކަމުގައެވެ.