ހދ. ފިނޭ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ހިމެނޭހެން އިތުރު ދެ ސްކޫލެއްގައި އިމާރާތްތަކެއް އަޅަން ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވިގޮތުގައި ފިނޭ ސްކޫލް ހޯލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް ހަވާލުކުރީ 365 ދުވަސްތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 12,567,225.89 ރުފިޔާއެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބ. ފުޅަދޫ ސްކޫލާއި، ސ. ހިތަދޫ ނޫރާނީ ސްކޫލްގައި އިމާރާތްތަކެއް އަޅަން ވެސް ހަވާލުކޮށްފައެވެ.
މިގޮތުން ފުޅަދޫ ސްކޫލުގެ އޮފީސް އަދި އެއް ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އިސްކޯއާއި ހަވާލު ކުރި މި މަސައްކަތަށް ޖުމްލަ 2,518,927.66 ރުފިޔާ ހޭދަވާއިރު، މި މަސައްކަތް 95 ދުވަހުގެ ތެރޭގައި ނިންމާންޖެހެއެވެ.
ހިތަދޫ ނޫރާނީ ސްކޫލަށް އިތުރުކުރާ 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، އެއް އަހަރު ތެރޭގައި ނިންމާގޮތަށް، ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 12,490,088.48 ރުފިޔާއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މި ކުންފުނިތަކާއި މި މަސައްކަތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!