ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ހއ. އަތޮޅުގައި ފާހަގަކުރަމުން އެބަދެއެވެ. މި ދުވަސް ފާހަގަ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންނެވެ. މި ހަރަކާތަކީ ޔުނިސެފާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގާ ޙަރަކާތެކެވެ.
#WorldChildrensDay ge munaasabathugai #Dhidhdhoo gai kuriah gendhiya billboard ifthithaahu kurumuge rasmiyyaathu: Migothah dhevey message thakaaeku rayyithunge heyluntherikan ithuruve rakkaatherikan kashavaru kurevigendhey!#FCPD #foreverychildeveryright #HAAtollPolice pic.twitter.com/yi0QdrVgdA
— Maldives Police (@PoliceMv) November 18, 2019
ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އަތޮޅު ތެރޭގައި ކުރިއަށް ގެންގޮސްފައި ވެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ހއ. އަތޮޅުގެ މީހުންއުޅޭ ރަށްރަށުގައި ކުޑަކުދިންނާ ގުޅުންހުރި އެކިއެކި ޝިޢާރުތައް ހިމަނައިގެން ބިލް ބޯޑްތައް ބެހެއްޓުމާއި ކުޑަކުދިންގެ ހަވީރު ބޭއްވުމާއި ކުޑަކުދިންނަށް ކުރިމަތިވާ އަނިޔާއާއި، ކުށްކުރުމުގައި ކުޑަކުދިން ބައިވެރިކޮށްގެން ހިންގާ ކުށްތަކާއި ބެހޭގޮތުން ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް އަތޮޅު ތެރޭގައި ހިންގިފައި ވެއެވެ.
#WorldChildrensDay: #HaaAlifuAtollEductionCentre ge grade 6 in 10 ge dharivarunge beleniverinnah hingi session ge therein: Mi session gai jumula 152 beleniverin baiverivefaivey. #FCPD @UNICEFMaldives #foreverychildeveryright #HAAtollPolice pic.twitter.com/AEWSOS3EcQ
— Maldives Police (@PoliceMv) November 17, 2019
ކުޑަކުދިންގެ ދުވަހުގެ ޚާއްސަ ކުޅިވަރުތަކާއި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ ދިއްދޫގައެވެ. މިކަމަށްޓަކައި ދިއްދޫގެ އެކި ސަރަހައްދުތަކުގައި ދުވަހާ ގުޅުވައިގެން އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ރަށުގެ އެކި ސަރަހައްދުތަކުގައި ބިލް ބޯޑުތައް ބެހެއްޓުމާއި، އެއްފަހަރު ބޭނުންކޮށް އުކާލައިފައިވާ ޕްލާސްޓިކް އެއްތަން ކުރުމާއި، ކުޑަކުދިން ހިމަނައިގެން ކަލަރ ރަން ޕްރޮގްރާމް ކުރިއަށް ގެންދިއުމާއި ކުޑަކުދިންގެ ޚާއްސަ ހަވީރެއް ބޭއްވުން ހިމެނެއެވެ.

މި ހަރަކާތްތަކުގެ ތެރެއިން ދިއްދޫގައި ބަހައްޓާފައިވާ ބިލް ބޯޑް އިފްތިތާހުކޮށްދެއްވުން މިއަދުހަވީރު 4:45 ގައި ދިއްދޫގައި އޮތެވެ. އަތޮޅުގޭ ސަރަޙައްދުގައި ބަހައްޓާފައިވާ ބިލް ބޯޑް އިފްތިތާހުކޮށް ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލްމަންނާނު ޔޫސުފެވެ. ބިލްބޯޑް އިފްތިތާޙުކޮށް ދެއްވުމަށްފަހު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިންގެ ޙައްގުތައް ރައްކާތެރި ކުރުމަށްޓަކައި ތަފާތުއެކި ޕްރޮގްރާމްތައް އަންނަ އަހަރުން ފެށިގެން ހިންގުމަށް ހަމަޖެހިފައި ވާކަމަށް ވިދާޅުވިއެވެ.
#WorldChildrensDay faahaga kurumah HA. Atholhugai kuriah gendhaa harakaaiythakugai #Dhidhdhoo gai hunna sarukaaruge muassasaathakaai NGO thakah amaazukoggen kuriahgendhiya session ge therein: Mi session gai 89 faraathakun baiverivi#FCPD #foreverychildeveryright #HAAtollPolice pic.twitter.com/0xghHsu4mn
— Maldives Police (@PoliceMv) November 17, 2019
ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހަކީ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހެވެ. ކުޑަކުދިންގެ ދުވަހުގެ ޕްރޮގްރާމްތައް މި މަހުގެ 16 އިން ފެށިގެން ހއ އަތޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ. މި ދުވަހާ ގުޅިގެން ބޭއްވޭ އެންމެފަހުގެ ހަރަކާތްތައް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
#WorldChildrensDay: #HaaAlifuAtollEductionCentre ge grade 6 in 10 ge dharivarunnah hingi session ge therein: Mi session gai jumula 89 dharivarun baiverivefaivey. #FCPD @UNICEFMaldives #foreverychildeveryright #HAAtollPolice pic.twitter.com/NlUmiRXnaN
— Maldives Police (@PoliceMv) November 17, 2019
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!