ހއ. އިހަވަންދޫ ސްކޫލްގެ ހަ ވަނަ ސްކައުޓް ކޭމްޕް ތުރާކުނުގައި ފަށައިފިއެވެ.

ކޭމްޕް ޖަހާފައި ވަނީ ތުރާކުނު ސްކޫލްގެ ގޯތި ތެރޭގައި ޚާއްޞަކޮށްފައިވާ ސަރަހައްދެއް ގައެވެ.

Ad
d

ކޮންމެ ދެ އަހަރަކުން އެއް އަހަރު އިހަވަންދޫ ސްކޫލުން އަންނަނީ ސްކައުޓް ކޭމްޕް ރަށުން ބޭރުގައި ބާއްވަމުންނެވެ. މި އަހަރުގެ ކޭމްޕްގައި 40 ސްކައުޓުން ބައިވެރިވާއިރު މީގެ ތެރޭގައި އަންނަ އަހަރު ސްކައުޓަށް ބަދަލުވާނެ ދިހަ ކަބްސްކައުޓަކު ހިމެނެއެވެ.

ތުރާކުނު ސްކޫލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި ކޭމްޕްގައި ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކޮށް، ތަޖުރިބާ ކުރުމުގެ ފުރުޞަތު އެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް އެސްކޫލުން ބުނެފައިވެއެވެ.

Ad
df

އިހަވަންދޫ ސްކޫލަކީ ގްރޭޑް ބާރައަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.