ހދ.ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް ފަށައިފިއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ސަރަފްވެރިކޮށްދެއްވި ފުރަތަމަ މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ރަނަރަޕް ކުލަބް ސިވިކް އަދި ހާމަނަސް އެފްސީ އެވެ. މި މެޗް 11-1 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ކުލަބް ސިވިކެވެ.

Ad
rt

މެޗުގައި ސިވިކްގެ ގޯލްތަށް ޖަހައިދިނީ މުހައްމަދު އަބާން، މުހައްމަދު އަބްދުލްކަރީމް ، ހުސައިން ނާޟިދު ، އަލީ ބުސްރީ، ހަސަން އިހުސާން، އަދި އަލީ އިބްރާހިމް އެވެ. މެޗުގައި އަބާން ވަނީ 4 ގޯލު ކާމިޔާބު ކޮށްފައެވެ. އަދި ނާޝިދު ވަނީ 2 ގޯލު ކާމިޔާބު ކޮށްފައެވެ.
މެޗުގައި ހާމަނަސް އެފްސީ ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަބްދުއްﷲ އަޒްލީފް އަހުމަދެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ކުލަބް ސިވިކްގެ ޖާޒީ ނަމްބަރ 23 މުހައްމަދު އަބާން އެވެ.

ފުޓްސަލް މުބާރާތުގެ މެޗެއް ދެން ކުޅޭނީ މާދަމާރޭ އެވެ. ދެމެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ކުލަބް ސެނޯން އަދި މާޒިންސް އެފެސީ އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑީސީ ފުރެޓާނެޓީ އަދި ޓީމް ވައިކަރަދޫ އެވެ.

މި ރޭ ކުރިޔަށްދާނީ މި ޓޯނަމެންޓްގެ ހޭންޑްބޯލް ދެމެޗެވެ. 20:00 ގަައި ކުޅޭ ފުރަތަނަ މެޗުގައި ބައްދަލުކުރާނީ އެން އެޗް ސީ އަދި މަކުނުދޫ ހޭންޑްބޯލް ޓީމެވެ.

21:00 ގައި ދެވަނަ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ފެލްކަން އަދި ކަސަބެވެ.