ރާއްޖެ އާއި ޔޫއެސްއެއިޑް އާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އެމެރިކާގެ އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑްގެ ބިއުރޯ ފޯރ އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކައުރް އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ޔޫއެސްއެއިޑްގެ ފަރާތުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި ބެހޭ ގޮތުންނާއި މި ގުޅުން އިތުރުން ބަދަހިކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ޔޫއެސްއެއިޑާއި އެމެރިކާ ސަރުކާރުން ވެދެއްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މި ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!