ސަރުކާރަށް އާމްދަނީ ލިބޭނެ ބިލްތަކެއް ފާސްކުރުމަށްފަހު މަޖިލިސް ޗުއްޓީއަށް!

Majlis_P19_2020Ses1_Sit02_Thiladhunmathi_MPs_002

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ ޖަލްސާތައް މިއަހަރަށް ނިންމައި، މަޖިލިސް ޗުއްޓީއަށް ހިނގައްޖެ އެވެ.

މިއަދު ބާއްވާފައިވަނީ މަޖިލީހުގެ މި ދައުރުގެ 43 ވަނަ ޖަލްސާ އެވެ.

މިއަހަރުގެ އެންމެ ފަހު ޖަލްސާގައި މައިގަނޑު ގޮތެއްގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ވޯޓަށް އެހުމެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ވަނީ ފާސްކޮށްފަ އެވެ. އަދި މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު ފާސްކުރުމަށް ވޯޓަށް އަހައި، ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ވެސް ވަނީ ވޯޓަށް އަހާފަ އެވެ.

މިދައުރުގެ ތެރޭގައި ފާސްކުރި އެންމެ ބޮޑު ބިލެއްގެ ގޮތުގައި ފާހަގަކުރެވެނީ މުދަލާއި އާންމު ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލެވެ. އެއިސްލާހު ރައީސް އޮފީހުން މިހާރު ވަނީ ތަސްދީގު ކުރައްވާފަ އެވެ.

މީގެ އިތުރުން ފަނޑިޔާރުންގެ ގާނޫނާއި، ގާނޫނީ ފަންނުގެ ގާނޫނާއި، ހެއްކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު، ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލުމަށް ހުށަހެޅި އިސްލާހު، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ފާހަގަކޮށްލެވެ އެވެ.

ހަމަމިއާއެކު ތަޅުމުގައި އަދި ކޮމެޓީއަށް ހާޒިރުކޮށް އެކި ދުވަސްމަތިން ވަޒީރުންނާއި ސުވާލުކުރުމަށް ހާޒިރުކޮށްފައިވާއިރު، އެކި ކޮމިޝަންތަކާއި މުއައްސަސާތަކުގެ ބޭފުޅުންނާއި ކޮމެޓީތަކަށް ހާޒިރުކޮށް ވެސް ވަނީ ސުވާލު ކުރައްވާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި