ޓްވިޓާއިން ވެރިފިކޭޝަނަށް ތިން ކުލައެއްގެ ބެޖެއް

photo_2022-11-28 17.27.33

ޓްވީޓާ ވެރިފައި ކުރާ ފަރާތްތަކަށް ތިން ކުލައެއްގެ ބެޖު ތައާރަފު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ވެރިޔާ އީލޯން މަސްކު ވިދާޅުވެއްޖެއެވެ.

ޓްވިޓާ ފެރިފިކޭޝަން ފައިސާ ދައްކައިގެން ހެދޭ ގޮތް ދާދި ފަހުން ވަނީ ހަދައިފައެވެެ. އެއާއެކު ފޭކް އެކައުންޓުތަކުންވެސް ވެރިފިކޭޝަން ބެޖު ހޯދުން އިތުރުވުމާއެކު އެގޮތަށް ބެޖު ދިނުން ވަނީ މަޑުޖައްސާލައިފައެވެ.

މަސްކު ކުރި ޓްވީޓެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހުން ފެށިގެން އަލުން ބެޖު ގަނެވޭނެ ކަމަށެވެ. އަދި މިހާރު ތިން ބެޖެއް ހަދާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްކު ވިދާޅުވި ގޮތުގައި ބެޖުތައް ހުންނާނީ ރަން ކުލަ އާއި އަޅި ކުލަ އާއި ނޫ ކުލައިގައެވެ. ރަން ކުލައިގެ ބެޖު ލިބޭނީ ކުންފުނިތަކަށެވެ. އަޅި ކުލަ ސަރުކާރުގެ އިދާރާތަކަށް ދޭއިރު ނޫކުލަ ދޭނީ އެހެން ހުރިހާ ފަރާތްތަކަށެވެ.

މި ޗެކުމާކުތައް އެކްޓިވޭޓް ކުރުމުގެ ކުރިން އެކައުންޓުގެ އޮތެންޓިސިޓީ ޗެކު ކުރާނެ ކަމަށް ވެސް މަސްކު ވިދާޅުވިއެވެ.

ޓްވިޓާ ވެރިފިކޭޝަނަށް ކޮންމެ މަހަކު 8 ޑޮލަރު ޗާޖު ކުރާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *