ވިލާ އެޑިއުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލެގެ ފުރަތަމަ ފިޔަވަހީގައި ސްކޫލެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ވިލާގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރު އަހުމަދު އަންވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
ވިލާ އެޑިއުކޭޝަންގެ ފަރާތުން ހުޅުމާލެގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި ސްކޫލުގައި 6 ފުލޯ ހުންނާނެއެވެ. ޖުމްލަ 761 ދަރިވަރުންގެ ޖާގައިގެ މި ސްކޫލުގައި 20 ކްލާސްރޫމް ހުންނާނެއެވެ.
މި ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12 ގެ ދަރިވަރުންނަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް މި ސުކޫލުގައި ހަމަޖެހިގެންދާނެއެވެ.
މީގެއިތުރުން، ރޮބޮޓިކް ލެބްވެސް މި ސްކޫލުގައި ގާއިމްކުރެވިފައި ހުންނާނެއެވެ.
Agreement signing with Villa Education Services Pvt Ltd for the development of a private school in #MyHulhumalé.
Teaching from grade 1 to 12 the school includes facilities for children with disabilities and a robotic lab for enhanced learning experience.@VillaCollegeMv pic.twitter.com/D4yDX3WnAk
— HDC (@hdcmaldives) November 27, 2022
ވިލާ އެޑިއުކޭޝަންގެ ފަރާތުން ގާއިމްކުރާ މި ސްކޫލު ހުޅުމާލެގައި ގާއިމްކުރެވުމުން ވަޒީފާގެ ގިނަ ފުރުސަތުތައްވެސް ހުޅުވިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެގޮތުން، އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!