ހދ. ނޭކުރެންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2022 ގެ ގުރުއަތުލުން ކުރިޔަށް ގެންގޮސްފިއެވެ.
މި ފެސްޓިވަލުގައި ހިމެނެނީ އަންހެންބޭފުޅުންގެ ހޭންޑްބޯލް އަދި ފިރިހެން ބޭފުޅުންގެ ފުޓްސަލް މުބާރާތެކެވެ.
ހޭންޑްބޯލްގައި ޖުމްލަ ހަތަރުޓީމް ވާދަކުރާނެއެވެ. މި ހަތަރު ޓީމަކީ ނޭކުރެންދޫ އަށް ނިސްބަތްވާ 3 ޓީމް ( ކަސަބު، އެން.އެޗް.ސީ، ފެލްކަންސް) އަދި ހދ.މަކުނުދޫ ޓީމެކެވެ.
ހޭންޑްބޯލް މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދެޓީމް ފައިނަލަށް ދާ ގޮތަށެވެ. ހޭންޑްބޯލް މުބާރާތް ކުރިޔަށްދާނީ މިމަހު 23 ން 29 އަށްށެވެ.
ރަށުންބޭރު 1 ޓީމަށް ދަޢުވަތު ދީގެން ކުރިޔަށްގެންދާ މި މުބާރާތުގެ އެނެމެ ފަހުގެ ޗެމްޕިއަންޓީމަކީ ފެލްކަންސް އެވެ.
މި ފެސްޓިވަލްގައި ހިމެނޭ ފުޓްސަލް މުބާރާތުގައި ޖުމްލަ 7 ޓީމެއް ވާދަ ކުރެއެވެ. ނޭކުރެންދޫއަށް ނިސްބަތްވާ 6 ޓީމްގެ އިތުރުން ހިމެނެނީ ވައިކަރަދޫ ޓީމެކެވެ.
މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕްއަކުން 1ވަނަ އަދި ދެވަނަ ޓީމް ސެމީއަށްދާގޮތަށެވެ. ގްރޫޕް A ގެ 1 ވަނަ ޓީމާއި ގްރޫޕް ބީގެ 2 ވަނަ ޓީމް އަދި ގްރޫޕް B ގެ 1 ވަނަ ޓީމް އަދި ގްރޫޕް A ގެ 2ވަނަ ޓީމް ސެމީގައި ބައްދަލުކޮށް މޮޅުވައި ދެޓީމް ފައިނަލަށް ދާ ގޮތަށެވެ.
ގްރޫޕް A ގައި ހަތަރު ޓީމް އަދި ގްރޫޕް B ގައި ތިންޓީމް ހިމެނެއެވެ.
އެންމެފަހުގެ ޗެމްޕިއަން ކުލަބް ސެނޯން ، އެންމެފަހުގެ ރަނަރަޕް ކުލަބް ސިވިކް އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް މާޒިންސް އެފްސީ ލައްވާލީ ގްރޫޕް A ގައެވެ. ދެން މިގްރޫޕްގައި ހިމެނެނީ ހާމަނަސް އެވެ.
ގްރޫޕް B ގައި ހިމެނެނީ ވައިކަރަދޫ ، ޑީސީ ފްރެޓާނެޓީ އަދި ތާޖް އެސް ސީ އެވެ. ތާޖު އެސްސީ އަކީ މި މުބާރާތުގައި އަލަށްވާދަކުރާޓީމެކެވެ.
ފުޓްސަލް މުބާރާތް ކުރިޔަށްދާނީ މިމަހު 23 ން 30 އަށްށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!