ލަލީގާގައި އަންގާރަދުވަހުގެރޭ ކުޅުނު މެޗު 2-1 ގެ ނަތީޖާއިން އޮސަސޫނާ ގެ މައްޗަށް ބާސާއިން ކުރި ހޯދައިފިއެވެ.
އޮސަސޫނާގެ ދަނޑުގައި ކުޅުނުމެޗުން ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ އޮސަސޫނާއިންނެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 6 ވަނަ މިނެޓުގައި ރުބެން ގާސިއާގެ އެހީތެރިކަމާއެކު ޑޭވިޑް ގާސިއާ އެވެ.
އޮސަސޫނާއިން ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް ބާސާއަށް އިތުރު ހާސްކަމަކާ ކުރިމަތިލާންޖެހުނީ ބާސާގެ އިތުބާރު ފޯވާޑް ލެވަންޑޮސްކީއަށް މެޗުގެ 31 ވަނަ މިމެޓުގައި ދެވަނަ ރީދޫކާޑަކާއެކު ރަތްކާޑުދައްކާ ދަނޑުން ފޮނުވައިލުމުންނެވެ.
ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއިން އޮސަސޫނާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން ދެވަނަ މިނެޓްގައި ޕެޑްރީ ގޯލެއްޖަހައި ބާސާއަށް ނަތީޖާ ހަމަ ހަމަ ކޮށްދިނެވެ. މެޗުގެ ފަހުގޯލު ބާސާ މޮޅުވި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެންބަލޭގެ ބަދަލުގައި މެޗުގެ 78 ވަނަ މިނެޓުގައި ކުޅެން ނުކިއިން ރަފިންހާއެވެ. ޑިޔޮންގް ގެ ހިތްގައިމު ޕާހަކުން މިގޯލު ރަފިންހާ ކާމިޔާބު ކޮށްދިނީ މެޗުގެ 85 ވަނަ މިނެޓުގައެވެ.
މި މެޗުގައި ޕީކޭ އަށް ވެސްވަނީ ރަތްކާޑު ދައްކާފައެވެ. މި މެޗުގައި ޕީކޭ ކުޅެން އަރާފައެއްނުވެއެވެ.
މި ނަތީޖާއާއިއެކު ބާސާ އޮތީ 37 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.
އޮސަސޫނާ ހަވަނައިގައި އޮތީ 23 ޕޮއިންޓާއެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!