މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ހދ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕް ހަނިމާދޫގައި ފަށައިފިއެވެ.

މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ ނިޔަލަށް ހަނިމާދޫ އިޖުތިމާޢީ މަރުކަޒު ހޯލުގައި ކުރިއަށްދާ މި ވޯކްޝިޕަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވައި، މަދަނީ ޖަމިއްޔާތަކުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހަރުދަނާ ކުރުމަށް އެހީތެރިވުމާއި، ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

Ad
rt

ޔޫތު މިނިސްޓްރީން ހދ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕްގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ

މި ވޯކްޝޮޕާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ނަސްރީނާ އިދްރީސް ވިދާޅުވެފައި ވަނީ މަދަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ހަރަކާތްތަކަށް ފަންޑް ހޯދުމަށްޓަކައި ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހަޅާނެ ގޮތް ދަސްކޮށްދީ އެކަމާއި ގުޅުންހުރި މަޢުލޫމާތު ފޯރުކޮށް ދިނުމަކީ މި ވޯކްޝޮޕް ކުރިއަށް ގެންދިޔުމުގެ މައިގަނޑު އެއް މަޤުޞަދު ކަމަށެވެ. އަދި މި ވޯކްޝޮޕް ކުރިއަށް ގެންދަނީ ޔޫތު މިނިސްޓްރީއާއި، އެއާޕޯޓްސްއެމްވީގެ އިތުރުން ހަނިމާދޫ ކައުންސިލާއި ގުޅިގެން ކަމަށެވެ.

ޔޫތު މިނިސްޓްރީން ހދ. އަތޮޅުގެ މަދަނީ ޖަމިއްޔާތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓް މެނޭޖްމަންޓް ވޯކްޝޮޕްގެ ތެރެއިން، ފޮޓޯ: ޔޫތު މިނިސްޓްރީ

މި ވޯކްޝޮޕުން ފުރުޞަތު ދިނުމުގައި ބޮޑަށް ބަލާފައި ވަނީ ޤަވާއިދުން ލިޔެކިޔުންތައް ފުރިހަމަ ކުރަމުންދާ މަދަނީ ޖަމިއްޔާތަކުގެ ތެރެއިން މަސައްކަތާއި ގުޅުންހުރި ކޮނެމްވެސް އެއް މެމްބަރަކަށް ފުރުޞަތު ދިނުމަށެވެ. މިގޮތުން މި ވޯކްޝޮޕްގައި ހދ.އަތޮޅުގެ އެކިރަށްތައް ހިމެނޭހެން 25 ޖަމިއްޔާއެއްގެ 25 މެމްބަރަކަށް ވަނީ ފުރުޞަތު ދީފައެވެ.