ހެލްތު މިނިސްޓަރު ނަސީމަކީ ތާރީހުގައި ނަން ލިޔެވޭނެ ބޭފުޅެއް: ޝިފާޢު

MP Shifau

ހެލްތު މިނިސްޓަރު އަހްމަދު ނަސީމަކީ، ތާރީހުގައި ނަން ލިޔެވޭނެ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރާއި ސުވާލުކުރެއްވުމުގެ ތެރޭގަ އެވެ.

ޝިފާއު ވިދާޅުވީ ރާއްޖޭގެ ސިއްހީ ހާލަތު ވަރަށް ދަށު ދަރަޖައިގައި އޮއްވައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ވަރަށް ގިނަ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް އެމްބިއުލާންސް ގެންނަވާފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ނަސީމަކީ ތާރީހުގައި ނަން ލިޔެވޭނެ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ޝިފާއު ވަނީ އެގޮތަށް ސިއްހީ މަރުކަޒުތަކަށް އެމްބިއުލާންސް ގެނައުމުގެ ޕްރޮޖެކްޓެއް ދެން އެންމެ އަވަަހަށް ފައްޓަވާނީ ކޮންއިރަކުންތޯ، ސުވާލު ކުރައްވާފަ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ކުދި ރަށްރަށަށް ކުދި އެމްބިއުލެންސް ގެނައުމުގެ އިންތިޒާމު ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ. ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޗައިނާއާ ވާހަކަދައްކައިގެން އެފަދަ އެމްބިއުލާންސްތައް ގަތުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ނަސީމް ވިދާޅުވީ ހަދަމުން ދަނީ ބަގީ އެމްބިއުލާންސް ކަމަށާއި މިގޮތަށް ހަދަނީ ކުދި ރަށްރަށުގެ މަގުތަކުގައި ބޮޑެތި އެމްބިއުލާންސް ނުދުއްވޭތީ ކަމަށެވެ.

"ގިނަ ރަށްރަށަކީ ކުދި ރަށްރަށް. އަދި މަގުތައް ވެސް ހަނި. އެހެންވީމަ ކުދި މަގުތަކުގައި އެމްބިއުލާންސް ދުއްވުމަށް ނުވަތަ ބޭނުން ކުރުމަށް ދަތިތަކެއް ކުރިމަތިވޭ. އެހެންވެ މިބަލަނީ ބަގީ އެމްބިއުލާންސް ހެދުމަށް." ނަސީމް ވިދާޅުވި އެވެ.

މީގެ އިތުރުން ނަސީމް ވިދާޅުވީ ރާއްޖޭގެ ކުދި ރަށްރަށަށް ޗައިނާ މެދުވެރިކޮށް ކުދި އެމްބިއުލާންސް ތަކެއް ގެނައުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ނަސީމުގެ ނަން މީގެކުރިންވެސް ވަނީތާރީޚުގައި ލިޔެވިފައެވެ. އިޒްރޭލު ޤައުމެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތީ ރާއްޖޭގެ ފަރާތުން ނަސީމު އިޒްރޭލު ޤައުމެއްގެ ގޮތުގައި ބަލައި ގަނެގެނެވެ. އެއީވެސް ދެ ޅިޔަނުންވެގެން ކުރިކަމެކެވެ. ޅިޔަނު ސިންގަޕޫރުގައި ހުރި އެންމެ ބޮޑު އެއްމުއްސަންޖެއްގެ ގޮތުގައި ފަހަގަ ވެގެން ދިޔަ އެއްސަބަބު އެއީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި