މީސް މީޑިޔާގައި ދައުރުކުރަމުން ދަނީ އެއްވެސް އަސްލެއް ނެތް ވީޑިއޯއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މެމްބަރު އަހުމަދު އަބްދުﷲ އާއި ގުޅޭ ގޮތުން ބައެއް ނޫސްތަކުގައި އެފަދަ ވާހަކަ ތަކެއް ރިޕޯޓް ކުރުމާއި ގުޅިގެން "ތިލަދުން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެއީ، "އަބުރު ކަތިލުމުގެ އަމަލެއް" ކަމަށެވެ.

Ad
rt

"އިންޝާﷲ އަޅުގަނޑު އެކަމުން ބަރީއަ ވެގެންވަން"

އަހުމަދު އަބްދުﷲ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

ބައެއް މީޑިއާ ތަކުގައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މަޖިލީސް މެންބަރެއް ކަމަށް ބެލެވޭ މީހެއްގެ ބަރަަހަނާ ވީޑިއޯއެއް ލީކް ކޮށްލައިފިކަމަށް ބުނެ ޚަބަރު ފަތުރާފަ އެވެ.

މީގެ ކުރިންވެސް އެކިފަރާތްތަކުގެ ބަރަހަނާ މަންޒަރުތައް މީސްމީޑިޔާގައި ލީކުކޮށްލާފައި ވެއެވެ.